Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފެލިވަރު މަސް

ފެލިވަރުން ގަތް މަސްދަޅު ކޭހަކުން ހުސް ކަށި

ފޮޓޯތަކުން ސާފުކޮށް ފެންނަ ގޮތުގައި ކަނޑާފައިވާ ދަޅުތަކުގައި އެކި ވަރުގެ ކަށި ހުއްޓެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 21 ޑިސެމްބަރު 2024 | ހޮނިހިރު 09:27
ފެލިވަރުން ގެނައި މަސްދަޅު ކޭހަކުން ކަށި ފެނުން

ފެލިވަރުން ގެނައި މަސްދަޅު ކޭހަކުން ކަށި ފެނުން

ރ. ދުވާފަރުގެ ގެއަކަށް ގަތް ފެލިވަރު މަސްދަޅު ކޭހެއްގެ މަސްދަޅުތަކުން ގިނަ އަދަދަކަށް ކަށި ފެނިއްޖެއެވެ.

މަސްދަޅު ކޭސް ގެނައި ގޭގެ ވެރިފަރާތާ ހަވާލާ ދީ ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނި ގޮތުގައި އެ މަސްކޭސް އެ ގެއަށް ގެނެސްފައިވަނީ މި ދިޔަ ހަފްތާގެ ތެރޭގައެވެ.

އޭނާ ކިޔާދިން ގޮތުގައި 48 ދަޅު ހިމެނޭ އެ މަސްދަޅު ކޭހުން، ބޭނުން ކުރަން ކަނޑާލި ތިން މަސްދަޅުގައި ވެސް ހުރީ މަހުގެ ބޮޑެތި ކައްޓެވެ. އަދި އެކަމާ ގުޅިގެން ފެލިވަރަށް ގުޅުމުން ކަށި ނުހުންނާނެ ކަމަށް ބުނެފައި ވާކަމަށެވެ. އެހެން މިފްކޯ އިން ބުނިި ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި އެކި ވަރުގެ ކަށި މަސްދަޅުތަކުގައިި ހުރިކަން ސާފުކޮށް އެނގެއެވެ.

ސަރުކާރުން ގެންގުޅޭ މަސްވެރިކަމުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޒަމާންވީ މަސްވެރިކަން އިންތިހާ އަށް ހީނަރުވެފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީ އަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ކުރިއަށް އޮތް ރަމަޟާން މަހަށް އަޅުގަނޑުމެން ގަސްދުކުރަނީ، އެސްޓީއޯގެ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

ދުވާފަރުން ވާހަކަ ދެއްކި މީހާ ބުނީ، ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭސް ދޭން ރައީސް ނިންމަވާފައިވާއިރު، ގޭގެއަށް ފޮނުވާ މަސްދަޅުގައި ކަށި ނުހުންނާނެ ކަން ޔަގީން ކުރުން މުހިންމު ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން މިފްކޯ ގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ފެލިވަރު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2025

މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ

04 ފެބުރުއަރީ 2025
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
26 މާރިޗު 2022

މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި

26 މާރިޗު 2022
މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި
10 ސެޕްޓެމްބަރު 2021

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި

10 ސެޕްޓެމްބަރު 2021
ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި
22 ޖުލައި 2021

މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި

22 ޖުލައި 2021
މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި
03 އެޕްރީލު 2021

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް

03 އެޕްރީލު 2021
ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 294ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު