Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ މައްސަލާގައި ސަރުކާރުގެ ބަސް

ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކުރަން އިސްވެ އެންގީ ސީދާ ސަރުކާރުން - ރައީސް އޮފީސް

27 މާރިޗު 2021 | ހޮނިހިރު 15:58

ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ސަރުކާރުން ދީފައިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2021 | ހޮނިހިރު 15:58
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް އޮތްތޯބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް އިސްވެ އެންގީ ސީދާ ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެޖެއެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާކުރެވެން ނެތް ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ވިދާޅުވުމާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުންނެވެ. ސަރުކާރުގެ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތްއިރު ވެންޓިލޭޓަރުގެ މައްސަލާގައި ސަރުކާރުގެ ބައިވެރިވުން އޮންނަތަން ފެންނަކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ވެންޓިލޭޓަރު މައްސަލާގައި ރައީސް އޮފީހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ. މިނޫސްބަޔާނުގައި ވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް"ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އޭސީސީއަށާއި، ފުލުހުންނަށް އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ސީދާ ސަރުކާރުން އަންގަވާފައިވާނެކަމަށެވެ.

އެގޮތުން، މިމައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން"އިންކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާފައިވާނެކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެމައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެއްވިކަންވެސް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ބަޔާން ނެރެފައިމިވަނީ ޕީޖީ އާއި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ ވާހަކަތަކެއް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ދައްކަމުންދަނިކޮށެވެ. އަނެއްކޮޅުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަކިކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހެލްތު މިނިސްޓްރީހެލްތު މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް