Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮސްޓާ ބެންފީކާއާ ގުޅުން

ކޮސްޓާއާއެކު ބެންފީކާ އެއްބަސްވުމަކަށް؟

ފިނި މޫސުމުގެ ޓްރާންސްފާގައި ކޮސްޓާ އެއްވެސް ޓީމަކާ ގުޅިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މާރިޗު 2021 | ބުރާސްފަތި 17:35
އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތުލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އުވާލި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާއާއެކު ބެންފީކާއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ ކޮސްޓާ އާއި އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި، އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތިއެވެ.

އެތުލެޓިކޯ އެއްބަސްވުން އުވާލި ނަމަވެސް، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ކޮސްޓާ އެއްވެސް ޓީމަކާ ގުޅިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮސްޓާ މިހާރު ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި ބެންފީކާއާ ގުޅެން އެއްބަސްވެފައެވެ.

ކޮސްޓާ ބެންފީކާއާ ގުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، ދެކުނު އެމެރިކާ ޗެމްޕިއަން ޓީމު ކަމަށްވާ ބްރެޒިލުގެ ޕަލްމެއިރަސްއާ ގުޅެން ކޮސްޓާ އެއްބަސްވި ކަމަށްވެސް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭނާ ހޯދުމަށް ތުރުކީ، ގަތަރު އަދި ސައުދީ އަރަބިއްޔާގެ ކުލަބުތަކުންވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑިއޭގޯ ކޮސްޓާބެންފީކާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

29 ޖޫން 2025
ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
13 އޯގަސްޓު 2023

ޑިއޭގޯ ކޮސްޓާ ބްރެޒިލްގެ ބޮޓަފޯގޯއަށް ސޮއިކޮށްފި

13 އޯގަސްޓު 2023
ޑިއޭގޯ ކޮސްޓާ ބްރެޒިލްގެ ބޮޓަފޯގޯއަށް ސޮއިކޮށްފި
08 އޯގަސްޓު 2023

ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ސޮއި ކޮށްފި

08 އޯގަސްޓު 2023
ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ސޮއި ކޮށްފި
07 އޯގަސްޓު 2023

ޕީއެސްޖީން ގޮންޒާލޯ ރާމޯސް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން

07 އޯގަސްޓު 2023
ޕީއެސްޖީން ގޮންޒާލޯ ރާމޯސް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު