Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންހެލް ޑި މާރިއާ

ސައުދީ އަށް ނުގޮސް ޑި މާރިއާ ބަދަލުވާނީ ކުރީގެ ކުލަބު ބެންފީކާ އަށް

ޑި މާރިއާ ބެންފީކާ އަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 02:40
ޔުވެންޓަސް އަށް ކުޅުނު އެންހެލް ޑި މާރިއާ

ޔުވެންޓަސް އަށް ކުޅުނު އެންހެލް ޑި މާރިއާ

އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރު އެންހެލް ޑި މާރިއާ އޭނާގެ ކުރީގެ ކުލަބު ބެންފީކާ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އާޖެންޓީނާގެ ރޮސާރިއޯ ސެންޓްރަލް އިން ސީނިއާ ކެރިއަރު ފެށި ޑި މާރިއާގެ ކެރިއަރުގައި އޭނާ ކުޅުނު ދެ ވަނަ ކުލަބަކީ ބެންފީކާ އެވެ. އެއީ 2007 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ. އެ މުއްދަތުގައި ޑި މާރިއާ ވަނީ ބެންފީކާ އިން ކުޅެދިން 124 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ޑި މާރިއާ އެންމެ ފަހުން ކުޅުނީ އިޓާލިއަން ލީގުގެ ޔުވެންޓަސް އަށެވެ. އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވުމުން، އޭނާ ނިންމީ ކުލަބު ދޫކޮށްލުމަށެވެ. އެއާއެކު ޑި މާރިއާ ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުންނާއި، އެމެރިކާ ލީގުގެ އިންޓަ މިއާމީން ވެސް ވަނީ ކޮށްފަ އެވެ. ސައުދީ ލީގުގެ ކުލަބުތަކުން ވަނީ ޑި މާރިއާ އަށް ބޮޑު މުސާރައެއް ހުށަހަޅާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

ސައުދީ ލީގު އަދި އިންޓަ މިއާމީން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅުނު ނަމަވެސް، ޑި މާރިއާ މިހާރު ނިންމާފައި ވަނީ ބެންފީކާ އަށް ބަދަލުވުމަށް ކަމަށް މީޑިއާތަކުން ބުނެ އެވެ. އޭނާ ބެންފީކާ އަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށާއި، ދެން އޮންނާނީ އެކަމާ ގުޅޭ އެންމެ ފަހުގެ ކަންކަން ކުރިއަށް ގެންދިޔުން ކަމަށް ވެސް ބުނެފައިވެ އެވެ. ޑި މާރިއާ ބެންފީކާ އަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ ކުލަބުގައި އޭނާ ހުންނާނީ އަންނަ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން މިހާރު 35 އަހަރުވެފައިވާ ކުޅުންތެރިޔާ ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑު، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އަދި ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ހިމެނެ އެވެ.  

އެންހެލް ޑި މާރިއާބެންފީކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

29 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ސޮއި ކޮށްފި

ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ސޮއި ކޮށްފި

08 އޯގަސްޓު 2023
ޕީއެސްޖީން ގޮންޒާލޯ ރާމޯސް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން

ޕީއެސްޖީން ގޮންޒާލޯ ރާމޯސް ހޯދާނީ ލޯނު އެއްބަސްވުމެއްގެ ދަށުން

07 އޯގަސްޓު 2023
ގޮންޒާލޯ ރާމޯސް ހޯދުމުގައި ޕީއެސްޖީއަށް ދަތިތަކެއް!

ގޮންޒާލޯ ރާމޯސް ހޯދުމުގައި ޕީއެސްޖީއަށް ދަތިތަކެއް!

05 އޯގަސްޓު 2023

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު