Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބޮޑު ތަފާތަކުން މޮޅުވެ ބެންފީކާ އަށް އެއް ވަނަ

މެކަބީ ހައިފާގެ ދަނޑުގައި ކުޅުނު މެޗު ބެންފީކާ އިން ކާމިޔާބުކުރީ 6-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:34
މެކަބީ ހައިފާ އާއި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން

މެކަބީ ހައިފާ އާއި ބެންފީކާ ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ބޮޑު ތަފާތަކުން މެކަބީ ހައިފާ ބަލިކޮށް ބެންފީކާ އިން ގްރޫޕްގެ އެއް ވަނަ ހޯދައިފިއެވެ.

މެކަބީ ހައިފާގެ ދަނޑުގައި ކުޅުނު މެޗު ބެންފީކާ އިން ކާމިޔާބުކުރީ 6-1 އިންނެވެ. މި ދެ ޓީމު ބެންފީކާގެ ދަނޑުގައި ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ އެ ޓީމުންނެވެ.

މެކަބީ ހައިފާގެ ދަނޑުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ބެންފީކާ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އޮޓަމެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންފީކާ އަށް ލީޑު ނަގައިދިނީ ގޮންސާލޯ ރާމޯސްއެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މެކަބީ ހައިފާ ވަނީ ނަތިޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޝެރީއެވެ.

ބެންފީކާ އިން ބާކީ ފަސް ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ބެންފީކާ އަށް ލީޑު ނަގައިދިނީ ޕެޓާ މުސާއެވެ. އޭގެ 10 މިނެޓު ފަހުން ބެންފީކާގެ ތިން ވަނަ ލަނޑު އެލްކްސް ގްރިމަލްޑޯ ޖެހިއިރު، 73 ވަނަ މިނެޓުގައި ހަތަރު ވަނަ ލަނޑު ޖެހީ ރަފާ ސިލްވާއެވެ. ބެންފީކާގެ ފަހު ދެ ލަނޑު ފެނުނީ މެޗުގެ ފަހު 10 މިނެޓުގައެވެ. 88 ވަނަ މިނެޓުގައި ހެންރީކޭ އަރައުހޯ ފަސް ވަނަ ލަނޑު ޖެހިއިރު، ހަ ވަނަ ލަނޑު ޖޯ މާރިއޯ ޖެހީ އިތުރު ވަގުތުގައެވެ.

ގްރޫޕް ސްތޭޖުގައި އެންމެ ވާދަވެރިކޮށް ދިޔައީ މި ގްރޫޕްއެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބެންފީކާއެވެ. ކުޅުނު ހަ މެޗުން ދެ ޓީމަށް ލިބެނީ 14 ޕޮއިންޓެވެ. ފައިދާ ގޯލު ދެ ޓީމުގެ އެއްވަރުވުމުން، ދެން ބަލާނީ ހެޑް ޓު ހެޑަށެވެ. މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ވަނީ އެއްވަރުވެފައެވެ. ހެޑް ޓު ހެޑް އެއްވަރުވުމުން މި ގްރޫޕްގެ އެއް ވަނަ ކަނޑައެޅީ އަވޭ ގޯލުންނެވެ. އަވޭ ގޯލުން ބެންފީކާ އަށް އެއް ވަނަ ލިބުނުއިރު، ޕީއެސްޖީ އަށް ލިބުނީ ދެ ވަނައެވެ.

ޗެމްޕިއަންސް ލީގުބެންފީކާމެކަބީ ހައިފާ

ކޮމެންޓް

އިތުރަށް ކިޔާލަން

  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

ބެންފީކާ ބަލިކޮށް، ޗެލްސީ ކުއާޓާ ފައިނަލަށް

29 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު