Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިސްޓަރ މޯލްޑިވްސް

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުން މާދަމާ

25 މާރިޗު 2021 | ބުރާސްފަތި 14:20

މި އިވެންޓް ކުރިއަށްދާނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މާރިޗު 2021 | ބުރާސްފަތި 14:20
2019 ވަނަ އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސްގެ ތެރެއިން

2019 ވަނަ އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސްގެ ތެރެއިން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބާއްވާ 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް (މިސްޓަރ މޯލްޑިވްސް) ހުކުރު ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ހޮވުން އޮންނާނީ ހުކުރު ދުވަހުގެރޭ 08:45 ގައި އޮލިމްޕަސް ސިނަމާގައެވެ. އަދި މިސްޓަރ މޯލްޑިވްސް ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ދީފައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ބީބީއޭއެމުގެ ނައިބު ރައީސް އަޙްމަދު އައިމަން ވިދާޅުވީ މިސްޓަރ މޯލްޑިވްސް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެންގުމަށްފަހު ކަމަށާއި، އެގޮތުން ހާއްސަ އުސޫލުތަކެއް މި އިވެންޓަށް އެކުލަވާލައިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިސްޓަރ މޯލްޑިވްސް އިވެންޓް ކުރިއަށްދާނީ އެއްވެސް ބެލުންތެރިއަކު ނުވައްދައި ކަމަށާއި، އިވެންޓުގެ ބެކް ސްޓޭޖުން ފެށިގެން އިވެންޓުގެ ހުރިހާ ކަމެއްވެސް ކުރިއަށްގެންދިޔުމަށް ރާވައިފައިވަނީ ހަރުކަށި ފިޔަވަޅުތަކެއްގެ މަތިން ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިސްޓަރ މޯލްޑިވްސްގައި ބައިވެރިވާން ހުޅުވާލިއިރު، މި މުބާރާތުގައި 30 ށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އައިމަން ވިދާޅުވީ ހީކުރި ވަރަށްވުރެ ގިނައިން މި ފަހަރުގެ މިސްޓަރ މޯލްޑިވްސްގައި ބޮޑީބިލްޑަރުން ބައިވެރިވެފައިވާ ކަމަށާއި، އެގޮތުން އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސްގައި ވާދަކޮށްފައިވަނީ 18 އެތުލީޓުން ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެއާއެކު މި އަހަރުގެ އިވެންޓް ވަރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހުކުރު ދުވަހުގެރޭ މިސްޓަރ މޯލްޑިވްސް ބާއްވާއިރު، މި އިވެންޓުގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި މި އިވެންޓް ރާއްޖެޓީވީން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓް ރާއްޖެޓީވީން ލައިވްކޮށް ދައްކާއިރު، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ބީބީއެމުން ވަނީ މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެޓީވީއަށް ދީފައެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިސްޓަރ މޯލްޑިވްސްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
25 މާރިޗު 2023

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!

25 މާރިޗު 2023
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!
18 ޑިސެމްބަރު 2022

ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް

18 ޑިސެމްބަރު 2022
ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް
12 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް

12 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޔާންބެ އަށް ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖެ އަށް ތިން ލޯ މެޑަލް
11 ޑިސެމްބަރު 2022

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް

11 ޑިސެމްބަރު 2022
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް