Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއ

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޮކްޓޯބަރު 2024 | ބުދަ 04:16
ކުޅިވަރު ވަޒީރު ރާފިޢު، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ލޯންޗު ކޮށްދެއް ވަނީ

ކުޅިވަރު ވަޒީރު ރާފިޢު، 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ލޯންޗު ކޮށްދެއް ވަނީ

އަންނަ މަހު ރާއްޖޭގައި ބާއްވަން ތާވަލު ކޮށްފައިވާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗު ކޮށްފި އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) އިން ބާއްވަމުން އަންނަ މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައި ވަނީ ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އެވެ. އެ ރަސްމިއްޔާތުގައި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް އިބްރާހީމް ޙަމީދު (އިއްބެ)ގެ އިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ބީބީއޭއެމްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި ވޯލްޑް ބޮޑީބިލްޑިން މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގެ ކެނަރީފް ރިސޯޓް މޯލްޑިވްސްގަ އެވެ. މިއަހަރުގެ މުބާރާތުގައި 55 ޤައުމަކުން ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ އިތުރުން، އެތުލީޓުންގެ ކޯޗު އަދި ޤައުމުތަކުގެ އޮފިޝަލުންނާ އެކު ޖުމުލަ 500 އަށް ވުރެ ފަރާތްތައް ރާއްޖެ އަންނާނެ ކަމަށް ބީބީއޭއެމް އިން ވަނީ މައުލޫމާތު ދީފަ އެވެ.

ރާއްޖެ އިން ވަނީ މީގެ ކުރިން ވެސް ބޮޑީބިލްޑިންގެ ބައިނަލްއަޤުވާމީ މުބާރާތްތަކެއް ބާއްވައިފަ އެވެ. 2022 ވަނަ އަހަރު ރާއްޖޭގައި ވަނީ އޭޝިއާގެ މުބާރާތް ވެސް ބާއްވައިފަ އެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މާލެ އަތޮޅު މާފުށީގަ އެވެ. އޭގެ ފަހުން 2023 ވަނަ އަހަރާއި، 2024 ވަނަ އަހަރުގެ ދެކުނު އޭޝިއާގެ މުބާރާތް ވެސް ބާއްވާފައި ވަނީ ރާއްޖޭގަ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ތަައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަ މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލްއެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
25 މާރިޗު 2023

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!

25 މާރިޗު 2023
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު