Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް

ރަން ވަނަތަކާއެކު ބޮޑީބިލްޑިން ޓީމު ރާއްޖެ އަށް

މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަ މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2022 | އާދީއްތަ 02:12
ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ބޮޑީބިލްޑިން ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ބޮޑީބިލްޑިން ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ދިވެހި ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑުގެ ބެންގްކޮކުގައި ކުރިއަށް ދިޔަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމު ރާއްޖެ އައީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރަސްމީ ފާލަމުން ބޮޑީބިލްޑިން ޓީމަށް މަރުޙަބާ ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑޮކްޓަރު ޢަބްދުﷲ މަޢުޞޫމުގެ އިތުރުން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނެވެ. މީގެ އިތުރުން އެތުލީޓުންގެ އާއިލާ މެންބަރުން ވެސް ވަނީ މަރުޙަބާ ކިޔުމަށް ހާޒިރުވެފައެވެ.

މިއަހަރުގެ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ މުޙައްމަދު މޫސާ (މޯޑު)، މުހައްމަދު ޔާމީން (ޔާމްބެ)، އަޒްނީން ރަޝާދު، ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު، މުހައްމަދު އިމްރާހް އަދި އަބްދުﷲ އަހުސަންއެވެ.

މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަ މެޑަލް ހޯދާފައެވެ. އެއީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލްއެވެ. ރާއްޖެއިން ރަން މެޑަލް ހޯދީ އަޒްނީންއެވެ. އެއީ ސްޕޯޓްސް ފިޒީކް އަޕް 170 ސެންޓިމީޓާރުގެ ކެޓަގަރީންނެވެ. ރާއްޖެ އިން ރިހި މެޑަލް ހޯދީ މޯޑު އެވެ. މޯޑު ރިހި މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. ރާއްޖެ އިން ލޯ މެޑަލް ހޯދި އެތުލީޓުންނަކީ ފަތުޙުﷲ (އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރު ކެޓަަގަރީ)، އަޙުސަން (އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީ)، ހިމްޔާން (އެތުލެޓިކް ފިޒީކް އަޕްޓް 75 ސެންޓްމީޓަރުގެ ކެޓަގަރީ) އަދި ޔާމްބެ (ބޮޑީބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީ) އެވެ. މީގެ އިތުރުން ރާއްޖޭގެ އިމްރާހް ވަނީ ސްޕޯޓްސް ފިޒީކް އަޕް 180 ސެންޓިމީޓާރުގެ ކެޓަގަރީން ފަސް ވަނަ ހޯދާފައެވެ.

މިއީ ރާއްޖެއިން ބައިނަލްއަޤުވާމީ ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް އެންމެ ގިނަ މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
18 ޖުލައި 2023

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

18 ޖުލައި 2023
ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު