Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮޑީބިލްޑިންގ ކާމިޔާބީ

ބޮޑީބިލްޑިންގގެ ކާމިޔާބީގެ ސިއްރަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލު- ހަސީބު

މިދިޔަ ތިން އަހަރުވެސް ކާމިޔާބީ ތަކުރާރުކުރި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 ޖުލައި 2023 | އަންގާރަ 14:42
ބޮޑީބިލްޑިންގ ކޯޗު އަބްދުލްހަސީބު

ބޮޑީބިލްޑިންގ ކޯޗު އަބްދުލްހަސީބު

ބޮޑީބިލިންޑިންގއިން މިހާރު ހޯދަމުންދާ ކާމިޔާބީތަކުގެ އެންމެ ބޮޑު ސަބަބަކީ ކުޅިވަރު ސިޔާސަތަށް ގެނައި ބަދަލުކަމަށް ކޯޗު އަބްދުލްހަސީބު ބުނެފިއެވެ.

ސައުތު އޭޝިޔަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަދައްކަމުން ހަސީބު ބުނީ ކާމިޔާބީ ތަކުރާރުކުރެވެމުންދާ ސަބަބަކީ ސަރުކާރުގެ ހުރިހާ ކުޅިވަރެއް ހަމަހަމަކުރުމުގެ ސިޔާސަތު ކަމަށެވެ. އެއާއެކު ކުޅިވަރާބެހޭ ވުޒާރާއިން ބާއްވާ ގާތްކަމަކީވެސް ކާމިޔާބީތަކުގެ ސަބަބެއްކަން ފާހަގަކުރިއެވެ.

ހަސީބު ބުނީ މިނިސްޓްރީން ބާއްވާ ގާތްކަމާއި, އެހީތެރިކަމުގެ ސަބަބުން އިތުރު ހިތްވަރަކާއެކު، އެސޯސިއޭޝަނާއި ބޮޑީބިލްޑަރުން ތިބީ އަދިވެސް އިތުރަށް މަސައްކަތްކުރަން ކަމަށެވެ. އޭނާ ބުނީ ކޮންމެ މުބާރާތެއްގައި މިހާރު ކާމިޔާބު ލިބެނީ ކުޅިވަރުތަކަށް އެހީވުމުގައި ފަރަގުކުރުމެއް ނެތުމުން ކަމަށެވެ.

އެންމެފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިޔަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި އެކަނިވެސް ރާއްޖެއިން ހަތަރު ރަން މެޑަލް ހޯދިއެވެ. މީގެއިތުރުން ތިން ރިހި މެޑަލާއި ލޯ މެޑަލެއް ހޯދިއެވެ. ކުރިއަށް އޭޝިޔަން މުބާރާތާއި, ވަރލްޑް ޗެމްޕިއަންޝިޕް މިއަހަރު އެބައޮތެވެ. އެ ދެ މުބާރާތުގައިވެސް އެސޯސިއޭޝަން އަދި ކޯޗިންގ ޓީމުގެވެސް އަމާޒުހުރީ ރަން މެޑަލް ހޯދުމަށެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
25 މެއި 2023

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

25 މެއި 2023
ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ
25 މާރިޗު 2023

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!

25 މާރިޗު 2023
ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް އިއްބެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު