Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާބަންކޯ

ބޮޑީބިލްޑިންގ ދެ މުބާރާތެއްގެ ސްޕޮންސަރަކަށް އާބަންކޯ

މިސްޓަރ މޯލްޑިވްސް 2023ގެ ޓައިޓްލް ސްޕޮންސަރަކީ އާބަންކޯ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 25 މެއި 2023 | ބުރާސްފަތި 14:02
އެއްބަސްވުމުގައި ސޮއިކުރުން

އެއްބަސްވުމުގައި ސޮއިކުރުން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑީބިލްޑިންގ ދެ މުބާރާތެއް ސްޕޮންސަރކުރުމަށް، އާބަންކޯއިން ބޯޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީބީއޭއެމްއިން މި އަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ މިސްޓަރ މޯލްޑިވްސް 2023ގެ ޓައިޓްލް ސްޕޮންސަރ، އަދި ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކްސްގެ ކޯ ސްޕޮންސަރަކަށް އާބަންކޯ ވަނީ ހަމަޖައްސާފައެވެ. ބުރާސްފަތި ދުވަހު އާބަންކޯގައި ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ހަމީދެވެ.

މި ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އެގޮތުން މިސްޓަރ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ދެ މުބާރާތުންވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، އާބަންކޯގެ މަގުސަދަކީ އެކި ކުޅިވަރުތަކަށް ފުޅާ ދާއިރާއެއްގައި އެންގޭޖްވެ މަސައްކަތް ކުރުންކަމުގައެވެ. މީގެ އިތުރުން އެމްޑީ ވިދާޅުވީ އާބަންކޯއިން ދަނީ އެކި ސެކްޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އަރބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިންގ އެސޯސިއޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ، ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އާބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ. އާބަންކޯއިން ވަނީ މީގެ ކުރިންވެސް މިސްޓަރ މޯލްޑިވްސް މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަރބަންކޯބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
09 އޮކްޓޯބަރު 2024

ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި

09 އޮކްޓޯބަރު 2024
ރާއްޖޭގައި ބާއްވާ ވޯލްޑް ބޮޑީބިލްޑިން މުބާރާތް ލޯންޗު ކޮށްފި
10 ޖޫން 2024

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި

10 ޖޫން 2024
މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި
09 ޖޫން 2024

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!

09 ޖޫން 2024
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން މެޑަލް ހޯދައި، އަޒްނީނަށް ޚާއްސަ ޝަރަފެއް!
11 ޖެނުއަރީ 2024

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
03 ޖެނުއަރީ 2024

ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި

03 ޖެނުއަރީ 2024
ބިން ހިއްކާތީ ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި ކާގޯ އުޅަނދުތައް ނެގުމަށް އަންގައިފި
30 ޑިސެމްބަރު 2023

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

30 ޑިސެމްބަރު 2023
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
27 ޑިސެމްބަރު 2023

އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯފައުންޑަރ އަހުމަދު އިބްރާހިމް އައްޔަނުކޮށްފި

27 ޑިސެމްބަރު 2023
އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯފައުންޑަރ އަހުމަދު އިބްރާހިމް އައްޔަނުކޮށްފި
26 ޑިސެމްބަރު 2023

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި

26 ޑިސެމްބަރު 2023
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އާބަންކޯއިން ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު