Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚާޝަގްޖީގެ މަރުގެ ތަހުގީގު

ޚާޝަގްޖީގެ މަރު ތަހުގީގުކުރުމުގައި އިސްކޮށް ހުންނަވާ އދ ގެ ރެޕަރޗުއަރއަށް ސައުދީގެ އޮފިޝަލުން ބިރުދައްކަމުންދާކަމަށް އދން ބުނެފި

ޚާޝަގްޖީ މަރާލިގޮތް ތަހުގީގުކުރަމުންދަނީ އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް އިސްވެހުންނަވާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މާރިޗު 2021 | ބުރާސްފަތި 11:43
އދގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް

އދގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީ މަރާލުމުގެ ތަހުގީގުކުރަމުންދާ އދ ގެ ސްޕެޝަލް ރެޕަރޗުއަރއަށް ސައުދީގެ އިސްއޮފިޝަލުން ބިރުދައްކާ އިންޒާރުދީފައިވާކަމަށް އދ ން ބުނެފިއެވެ.

ޚާޝަގްޖީ މަރާލިގޮތް ތަހުގީގުކުރަމުންދަނީ އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމަރޑް އިސްވެހުންނަވައެވެ. ކަލާމަރޑަށް ސައުދީގެ އިސް އޮފިޝަލަކު ބިރު ދައްކާ އިންޒާރުދީފައިވަކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ގާޑިއަން ނިއުސްޕޭޕަރ އިންނެވެ. އެކަމާއި ގުޅިގެން ރޮއިޓަރސްއިން ކުރި ސުވާލަކަށް އީމެއިލްމެދުވެރިކޮށް ދެއްވި ޖަވާބުގައި އދގެ ހިޔުމަން ރައިޓްސް ސްޕޯކްސްމަން ރުޕަރޓް ކޮލްވިލް ވަނީ އެފަދަ އިންޒާރު ދީފައިވާކަމަށް ވިދާޅުވެފައެވެ.

ގާޑިއަންގައި އަންގާރަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ޚާޝަގްޖީގެ މަރުގެ ތަހުގީގު ކުރިޔަށްގެންދާނަމަ އެކަން ހުއްޓުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެކަމަށް ބުނެ ކަލާމަރޑަށް އިންޒާރުދީފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އދ ގެ ހިޔުމަން ރައިޓްސް ސްޕޯކްސްމަން ވިދާޅުވީ ކަލާމަރޑަށް ދިން އިންޒާރު އދ ގެ ސެކިޔުރިޓީ އާއި އެހެނިހެން ފަރާތްތަކަށް މިހާރު އަންގާފައިވާކަމަށެވެ.

މިކަމާއިގުޅިގެން ސައުދީ އޮފިޝަލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

އދ ގެ ސްޕެޝަލް ރެޕަރޗުއަރ އެގްނެސް ކަލާމާޑް އިސްވެ ހުންނަވާ ޓީމަކުން ޚާޝަގްޖީ މަރާލިގޮތުގެ ތަހުގީގެއް ކުރިޔަށް ގެންދަން ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

މިޓީމުން ވަނީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިޔުލޭޓަށް ޒިޔާރަތްކޮށްފައެވެ. އަދި ހަފްތާއެއް ވަންދެން އިސްތަންބޫލްގައި ހަރަކާތްތެރިވެފައެވެ.

މިޓީމުން ކުރިޔަށްގެންދިޔަ ތަހުގީގާއި ގުޅޭގޮތުން އޭރު ކަލާމާޑް ވިދަޅުވެފައިވަނީ އިންވެސްޓިގޭޓަރުން މަސައްކަތްކުރާނީ ޚާޝަގްޖީ މަރާލުމުގައި ސަރުކާރުތަކާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވުން ހުރި މިންވަރު ބެލުމަށްކަމަށެވެ. އަދި ޚާޝަގްޖީ މަރާލިގޮތްވެސް ޓީމުން ހޯދުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

އެއަހަރުގެ ޖޫން މަހު ކަލާމާޑް ކުރިޔަށްގެންދެވި ތަހުގީގުގެ ރިޕޯޓް އާންމުކުރެއްވިއެވެ. އަދި ސައުދީގެ އިސް އޮފިޝަލުންނާއި އެމްބީއެސްގެ ސީދާ ބައިވެރިވުން މިކަމުގައި ހުރި މިންވަރު ބެލުމަށް ތަހުގީގެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޚާޝަގްޖީ މަރާލުމުގައި ސައުދީ ސަރުކާރުން ޒިންމާވާންޖެހޭ ކަމަށްވެސް ވިދަޅުވިއެވެ. އަދި މިކަމުގައި އިސްކޮށް ހުންނެވީ ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ކަމަށް ވިދާޅުވެ އެމްބީއެސްގެ އެސެޓްތައް ފްރީޒްކޮށް ބައިނަލްއަގްވާމީ މަޝްރަހުގައި އެމްބީއެސްގެ ބައިވެރިވުން ކުޑަކުރުމަށް ގޮވާލެއްވިއެވެ.

ނަމަވެސް އެމްބީއެސް ވަނީ އެކަން ދޮގުކުރައްވާއެވެ.

އަނެއްކޮޅުން ދާދިފަހުން އެމެރިކާގެ ސަރުކާރުން ވަނީ ޚާޝަގްޖީގެ މަރާއި ގުޅިގެން ކުރި ތަހުގީގުގެ ރިޕޯޓް އާންމުކޮށްފައެވެ. މިރިޕޯޓްގައި ބުނެފައިވަނީ ޚާޝަގްޖީ މަރާލާފައިވަނީ އެމްބީއެސްގެ އަމުރަށްކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޚާޝޮގްޖީސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
26 އޯގަސްޓު 2024

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު