Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯތި ގެދޮރުގެ މައްސަލަ

"ކުރިން ސަރުކާރުން މަސައްކަތް ކުރީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއް އިއުލާން ވަންދެން ފްލެޓާއި ގޯތި ނުދީ ހިފަހައްޓަން"

ރަސްމާލެ ޕްރޮޖެކްޓްގެ ނަމުގައި ހިންގަން އުޅުނު މަޝްރޫޢުގެ ދަށުން ހިއްކާ ސަރަހައްދު ހިއްކުމަށް އެކަނި ވެސް ބިލިއަނުން ފައިސާ ޚަރަދުވާ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2024 | ހޮނިހިރު 13:53
މި ސަރުކާރުގެ ފަރާތުން ބޮޑަށް ފެންނަނީ ބަހަނާ ދައްކާ މަންޒަރު: މެންބަރު އަހުމަދުދީދީ

މި ސަރުކާރުގެ ފަރާތުން ބޮޑަށް ފެންނަނީ ބަހަނާ ދައްކާ މަންޒަރު: މެންބަރު އަހުމަދުދީދީ

ކުރިން ސަރުކާރުން މަސައްކަތް ކުރީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއް އިއުލާން ވަންދެން ފްލެޓާއި ގޯތި ނުދީ ހިފަހައްޓަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިހާރު ސަރުކާރުން އާ ލިސްޓަކަށް ފްލެޓް ދޭން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވާ ދީދީ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުން އުންމީދު ކުރީ ވަރަށް އަވަހަށް ސަރުކާރަށް ފައިސާ ލިބި މަޝްރޫޢުތައް ފެށުމަށް ކަމަށާއި އެކަމުގެ ޤާބިލްކަން ސަރުކާރުގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އިންވެސްޓްމެންޓްތައް ހޯދުމުގެ ޤާބިލްކަން ވެސް މި ސަރުކާރުގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރީ މި ސަރުކާރުގެ ނަން ދެމެހެއްޓޭނެ އާ ހައުސިން މަޝްރޫޢު އެއް އައުމުން ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ދޭން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ މަސައްކަތް ދިގު ދަންމާލި މަޤްސަދު ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބުތެރޭގައި ވެސް ވަރަށް ގިނަ މީހުންނަށް ފްލެޓްދޭން ވައުދުވެފައިވާ ކަަމަށާއި ފްލެޓް ލިސްޓު ބަދަލުކުރަން ސަރުކާރުން ބޭނުންވަނީ އެ ސަބަބާއި ހުރެ ކަމަށް ދީދީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަސްމާލެ ޕްރޮޖެކްޓްގެ ނަމުގައި ހިންގަން އުޅުނު މަޝްރޫޢުގެ ދަށުން ހިއްކާ ސަރަހައްދު ހިއްކުމަށް އެކަނި ވެސް ބިލިއަނުން ފައިސާ ޚަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސަރަހައްދުން ބިން ދޫކުރުމުން ފައިސާ އިތުރަށް ހޭދަވާ ކަމަށް ސަރުކާރުން ބުނާ އިރު، ރައްޔިތުންނަށް ވެފައިވާ އުނދަނގޫތަކުން ސަލާމަތްވުމަށް މަސައްކަތް ނުކުރީ ކީއްވެގެންތޯ ދީދީ ވަނީ ސުވާލުކުރައްވާފައެވެ. މި އަހަރު ހައުސިންގެ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަަމަށް ސަރުކާރުން އުޅޭ ކަމަށް ބުނާ އިރު އެ ޕްރޮޖެކްޓްގެ އަގުވެސް ސަރުކާރަށް ނޭނގޭ ކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެއީ ކިތައް ޔުނިޓުގެ ޕްރޮޖެކްޓެއްކަން ވެސް ބުނެ ނުދެވޭ ކަަމަށާއި ސަރުކާރުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ދީދީ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިން ވަނީ އެކި ކަހަލަ ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތަކުގައި ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ގިރާވަރު ފަޅާއި ގުޅީ ފަޅު ހިއްކުމަށް ގޮވާލާފައިވާއިރު، ހައްޤުވެރިންނަށް ފްލެޓްތައް އަވަހަށް ހަވާލު ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ރައްޔިތުންގެ ވޯޓުގެ ނާޖާއިޒު ފައިދާ ނުނެގުމަށާއި، ރައީސް މުޢިއްޒު ކެމްޕެއިން ތެރޭގައި ދެއްކެވި ވާހަކަތަކަށް އިޚްތިރާމް ކުރެއްވުމަށް ވެސް ގޮވާލާފައިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓަކަށްވެސް ގޯއްޗަކަށް ވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ހުރަސް ނާޅުއްވާނެ ކަމަށެވެ.

ނަމަވެސް 2024 ޖުލައި 29 ގައި ބޭއްވި ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ހައިދަރު ދެއްކެވި ވާހަކަތައް ބައްޓަން ކޮށްފައިވަނީ މުޅިން އެހެން މިސްރާބަކަށެވެ. ހައިދަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ "އަހާ" ޕްރޮގްރާމްގައި ފްލެޓާ ބެހޭ ގޮތުން ވިދާޅުވި ގޮތަށް އެއްވެސް ކަހަލަ އޮޅުވާލުމެއް ނެތް ނަމަ، ފްލެޓުތައް ދެއްވާނެ ކަމަށެވެ.

ދައުލަތުން ލިޔުން ދީފައި އޮތް އެއްވެސް މީހެއްގެ އަތުން ފްލެޓް އަތު ނުލައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވިދާޅުވި ވިދާޅުމަށް މިނިސްޓަރ ހައިދަރު މާ ބޮޑު ސަމާލުކަން ނުދެއްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު