Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްލެޓާ އަނެއްކާވެސް ސަސްޕެންޑްކުރުން

ބްލެޓާއަށް ހަ އަހަރުގެ އިތުރު ސަސްޕެންޝަނެއް

އެންމެ ފުރަތަމަ ބްލެޓާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 މާރިޗު 2021 | ބުރާސްފަތި 05:24
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ އިތުރު މައްސަލަތަކެއް ބަލައި، އޭނާ ހަ އަހަރާއި އަށް މަހަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފިއެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާ ފިއްތުންތަކާ ގުޅިގެން މިހާރު އުމުރުން 85 އަހަރުގެ ބްލެޓާ ވަނީ 2015 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތައް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައެވެ. އެކަމަކު ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ ސަސްޕެންޝަނަށް ލުޔެއްދީ ހަ އަހަރަށް ސަސްޕެންޝަން ކުޑަކޮށްފައެވެ.

އެހެންކަމުން އެ ސަސްޕެންޝަނުގެ މުއްދަތު މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވަން އޮތް ނަމަވެސް، ބުދަ ދުވަހު ފީފާއިން ވަނީ އިތުރު މައްސަލަތަކެއްގައި ހަ އަހަރާއި އަށް މަހަށް ބްލެޓާ ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން އޮކްޓޯބަރު މަހަށްފަހު، އަލަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށާއިރު، މިހާރު އޮތްގޮތުން ބްލެޓާ އެއްކޮށް މިނިވަންވާނީ 2028 ވަނަ އަހަރެވެ.

މީގެ އިތުރުން ފީފާއިން ވަނީ އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭވެސް ހަ އަހަރާއި އަށް މަހަށް ސަސްޕެންޑްކޮށް، ދެ މީހުން 780،00 ޕައުންޑުން ޖޫރިމަނާކޮށްފައެވެ. ވަލްކޭއަށްވެސް އިތުރު ސަސްޕެންޝަނެއް އައިރު، ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ސަބަބުން މިހާރު އުމުރުން 60 އަހަރުގެ ވަލްކޭ ވަނީ 2016 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން 12 އަހަރަށް ސަސްޕެންޑްކޮށްފައެވެ. އެކަމަކު ފަހުން އެ އަދަބު 10 އަހަރަށް ބަދަލުކުރުމާ ގުޅިގެން، އެ އެ އަދަބު ތަންފީޒުކޮށް ހަމަވާނީ 2025 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ބުދަ ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްލެޓާ އާއި ވަލްކޭއަށް މި އަދަބު ދޭން ނިންމީ އެ އިދާރާގެ މުބާރާތްތަކަކާ ގުޅޭ ބޯނަސްތަކެއްގެ ސިފައިގައި ރިޝްވަތުގެ ފައިސާ ދައުރުކުރި މައްސަލައިގައި ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މުއްދަތުގެ ތެރޭގައި ބޯނަހުގެ ގޮތުގައި ބްލެޓާއަށް 18 މިލިޔަން ޕައުންޑް ލިބިފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ބްލެޓާ މައްޗަށް ކުރެވިފައިވާއިރު، 2015 ވަނަ އަހަރު ބްލެޓާ އެންމެ ފުރަތަމަ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިޔަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީއެވެ. އަދި ފަހުންވެސް އެތައް ތުހުމަތުތަކެއް އޭނާއަށް ކުރެވިފައިވާއިރު، ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާ މިއުޒިމަކަށް ބްލެޓާގެ ދައުރުގައި ކޮށްފައިވާ ޚަރަދުތަކުގެ މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

ސެޕް ބްލެޓާފީފާ

ކޮމެންޓް

އިތުރަށް ކިޔާލަން

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު