Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ވިދާޅުވީ، މިހާރު ރާއްޖޭގެ ފުޓުބޯޅަ އަށް އަންނަމުންދާ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވަ ކަމަށެވެ. ޚާއްސަކޮށް އެފްއޭއެމްގެ މިހާރުގެ ވެރިން ކުރަމުން އަންނަ މަސައްކަތަށް އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2025 | ހޮނިހިރު 02:25
ފީފާގެ ރައީސް އިންފަންޓީނޯ އަދި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

ފީފާގެ ރައީސް އިންފަންޓީނޯ އަދި އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފި އެވެ.

އިންފަންޓީނޯ މިހެން ވިދާޅުވެފައި ވަނީ، ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވަ އެވެ. އެ ބައްދަލުވުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފާއިތުވި ދުވަސް ތަކުގައި ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އިންފަންޓީނޯ އެ އިޝާރާތް ކުރެއްވީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައި، ފީފާ އިން ރާއްޖެ ނޯމަލައިޒް ކުރި ކުރުމަށެވެ. އޭރު ރާއްޖެ އަށް ފީފާގެ ސަސްޕެންޝަނެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ވެސް އޮތީ ބޮޑުވެފަ އެވެ.

ނަމަވެސް، އެފްއޭއެމްގެ އައު އިންތިޚާބެއް ބާއްވައި އައު ހިންގާ ކޮމެޓީއެއް ވަނީ އިންތިޚާބު ކޮށްފަ އެވެ. އިންފަންޓީނޯ ވިދާޅުވީ، މިހާރު ރާއްޖޭގެ ފުޓުބޯޅަ އަށް އަންނަމުންދާ ކުރިއެރުންތަކާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވަ ކަމަށެވެ. ޚާއްސަކޮށް އެފްއޭއެމްގެ މިހާރުގެ ވެރިން ކުރަމުން އަންނަ މަސައްކަތަށް އިންފަންޓީނޯ ވަނީ ތައުރީފު ކުރައްވައިފަ އެވެ.

އިންފަންޓީނޯ ވިދާޅުވީ ފީފާ އިން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުން އަބަދު ވެސް ދެމުން އަންނާނެ ކަަމަށެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގެ ޒުވާނުންގެ ފުޓުބޯޅައިގެ ހުނަރު ތަރައްޤީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖެ އަށް ލިބިފައިވާ ޤުދުރަކީ ރީތި ކަމާ އެއްވަރަށް މުޅި ދުނިޔެ އަށް ފުޓުބޯޅައިގެ ކާމިޔާބީ އިން ވެސް ވިދާލާނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.

މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވާރލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

ރަސްމީ ދަތުރުފުޅެއްްގައި ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވިއިރު، ހުކުރު ދުވަހުގެ ހަވީރު ވަނީ ޚާއްސަ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި އޮތް އެ ޙަރަކާތުގައި އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި ފުޓުބޯޅަ މެޗެއް ވެސް އޮތެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޮމް ވަނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން އޭރު އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ޓޮމް އާއި އޭނާގެ ލީޑަރޝިޕް އިން ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފީފާ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ފީފާގެ ރައީސް އަކު ރާއްޖެ ވަޑައިގެންފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ 2004 ގެ ސުނާމީ ހާދިސާގައި ގެއްލުން ލިބުނު ޤައުމު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ. އެ ދަތުރުފުޅުގައި ބްލެޓާ ވަނީ، ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ފީފާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޖިއާނީ އިންފަންޓީނޯރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަޙުމަދު ތާރިޤު (ޓޮމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު