Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު-އިޒްރޭލް

"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"

ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗު ބަލަން އައި މީހުން ފަލަސްތީނަށް ތާއީދުކޮށް ދަނޑުގައި ބެނާ ހިފައިގެން ތިބުމުން ފުލުހުން އެމީހުން ބޭރުކުރި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 އޮކްޓޯބަރު 2025 | ހުކުރު 17:40
ފީފާގެ ރައީސް އާއެކު ރައީސް މުއިއްޒު ކުޅުއްވި ފުޓުބޯޅަ މެޗަށްފަހު، ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދެފުށް ދެގޮތް ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

ފީފާގެ ރައީސް އާއެކު ރައީސް މުއިއްޒު ކުޅުއްވި ފުޓުބޯޅަ މެޗަށްފަހު، ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދެފުށް ދެގޮތް ވާހަކަތަކެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

ފީފާއިން އިސްރާއީލް ބޭރުކުރުމަށް ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއެކު ރައީސް މުއިއްޒު ގަލޮޅު ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅުއްވުމަކީ ދިވެހި ރައްޔިތުންގެ ޝުއޫރުތަކާ ދެކޮޅަށް، މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ބަލަން އައި ގިނަ ބަޔަކު އިސްރާއީލާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ބޯޑުތަކާއި ބެނާތައް ހިފައިގެން ތިބިއިރު، ފުލުހުން ވަނީ އެފަރާތްތައް ދަނޑުން ބޭރުކޮށްފައެވެ. މިކަމާ ގުޅިގެން ފައްޔާޒް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރަޝިއާ ސިފައިން ޔުކްރޭނަށް އެރިތާ އެންމެ 5 ދުވަހުގެ ތެރޭގައި ފީފާ އިން ރަޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރިއެވެ.

އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގައި، ފަލަސްތީނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު އެތައްހާސް ބަޔަކު ޝަހީދުކޮށްފައިވާތީ، އިސްރޭލު ސަސްޕެންޑްކުރުމަށް މުޅި ދުނިޔޭން ގޮވަމުންދާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވީއިރުވެސް ފީފާއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ފައްޔާޒް އިތުރަށް ސުވާލު އުފައްދަވާފައިވަނީ، އިޒްރޭލު ސަސްޕެންޑްކުރުމަށް ފީފާއިން ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށް، ފީފާގެ ރައީސްއާއެކު ރާއްޖޭގެ ރައީސް ފުޓްބޯޅަ މެޗެއް ކުޅެން ޖެހުނު ސަބަބާ މެދުގައެވެ. އަދި މިވަގުތު މިފަދަ ރަމްޒީ މެޗެއް ނުކުޅުނަސް ވެދާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

https://raajje.mv/172369

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން، ފަލަސްތީނުގެ ދިދަތަކާއެކު ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރަމުން ދިޔަ ފަރާތްތައް ކުއްލިގޮތަކަށް ފުލުހުން އައިސް ދަނޑުން ބޭރުކުރުމުން، ގިނަ އަދަދެއްގެ ދިވެހިން ވަނީ ސަރުކާރުގެ މި ޢަމަލާމެދު ނުރުހުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދެފުށް ދެގޮތް، މާނައެއް ނެތް ވާހަކަތަކެއްކަން މި ހާދިސާއިން ސާބިތުވެގެން ދިޔަކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

ރައީސް މުއިއްޒުފައްޔާޒް އިސްމާއިލްޖިއާނީ އިންފަންޓީނޯއިޒްރޭލް-ފަލަސްޠީންފީފާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު