Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފީފާ

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

ފަލަސްޠީނުގެ ދިދަ އާއި ބޯޑު ތަކުގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅަ އިން އިސްރާއީލް ސަސްޕެންޑު ކުރުމަށް ގޮވާލާ ބޯޑުތައް ވެސް ހިފައިގެން މީހުން ތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2025 | ހޮނިހިރު 05:45
ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް ޑޮކްޓަރު މުޢިއްޒު

ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް ޑޮކްޓަރު މުޢިއްޒު

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސްއާ ދެކޮޅަށް އަޑު އުފުލުމަށް ޝުއޫރު ފާޅު ކުރި މީހުން ގަލޮޅު ދަނޑުން ބޭރު ކުރުމުން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައިވާއިރު، އެ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އިންފަންޓީނޯގެ ޓީމަކާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޓީމަކާ ބައްދަލު ކުރި ޚާއްސަ ފުޓުބޯޅަ މެޗެއް ވެސް އޮތެވެ.

އެ ޙަރަކާތް ބެލުމަށް ގިނަ ބަޔަކި ގަލޮޅު ދަނޑަށް ވަދެފައިވާއިރު، ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލުމަށް ވެސް ބައެއް މީހުން ވަނީ ދަނޑަށް ވަދެފަ އެވެ. އެގޮތުން ފަލަސްޠީނުގެ ދިދަ އާއި ބޯޑު ތަކުގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅަ އިން އިސްރާއީލް ސަސްޕެންޑު ކުރުމަށް ގޮވާލާ ބޯޑުތައް ވެސް ހިފައިގެން މީހުން ތިއްބެވެ.

އެހެން ނަމަވެސް އެ ވަގުތު ދަނޑުގައި ތިބި ފުލުހުން ވަނީ "ބޭން އިސްރާއީލް" ޖަހާފައިވާ ބޯޑުތައް ހިފައިގެން ތިބި މީހުން ދަނޑުން ނެރެފަ އެވެ. އެކަމުގެ ފޮޓޯ ތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާ ގައި ދައުރު ވަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ސުލްހަވެރިކަމާ އެކު ހިމޭން އިހުތިޖާޖެއް ނުވަަަތަ ޝުއޫރު ފާޅު ކުރަން ތިބި ބަޔަކު އެގޮތަށް ދަނޑުން ނެރުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން އެއީ ދިވެހި ފަސްގަނޑުން ފެނުނު ވަރަށް ލަދުވެތި މަންޒަރެއް ކަމަށާއި، އެވަރުގެ ކަމެއް ދިވެހި ފުލުހުން ވެސް ކޮށްގެން ނުވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް ފީފާގެ ރައީސް އިންފަންޓީނޯ އަކީ އިސްރާއީލް އަށް ތާއީދު ކުރާ މީހަކަށްވާއިރު، އިންފަންޓީނޯއާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް އެއްވެ ތިބި މީހުން އެގޮތަށް ދަނޑުން ބޭރު ކޮށްގެން ވެސް ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުން ތިބީ ހަމައެކަނި ބޯޑު ތަކެއް ހިފައިގެން ކަމަށާއި، މަސްލަޙަތު ގެއްލޭ ފަދަ ކަމެއް ކޮށްފައި ނުވާއިރު، ގަދަ ބާރުން ދަނޑުން ނެރުމަކީ ހިތާމަވެރި ކަމެއް ކަމަށް ވެސް ބައެއް މީހުން ވަނީ ފާހަގަ ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން އަންނަ މީހުން ބުނެފައި ވަނީ ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، ފީފާ އިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅި ކަމަށެވެ. އެ ހަނގުރާމައާ ގުޅިގެން ފީފާ އިން ވަނީ ރަޝިޔާ އާއި ރަޝިޔާގެ ޤައުމީ ޓީމު އަދި އެންމެހާ ކުލަބުތައް ފީފާ އިން ބާއްވާ ހުރިހާ މުބާރާތަކުން ސަސްޕެންޑު ކޮށްފަ އެވެ.

ނަމަވެސް، އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދަމުން އައިއިރު ވެސް ފީފާ އިން އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. އެކަމާ ގުޅިގެން ފީފާ އަށް ފާޑު ކިޔުން އަމާޒުވާން ފެށުމުން، އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފީފާ އަށް ޖިއޯ ޕޮލިޓިކަލް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ފީފާ އަދި އިންފަންޓީނޯ އަށް އަމާޒުވި އެވެ.

މީގެ އިތުރުން ގިނަ ޤައުމު ތަކަކުން ވަނީ ފުޓުބޯޅަ އިން ފީފާ ސަސްޕެންޑު ކުރުމަށް ވެސް ގޮވާލައިފަ އެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިސްރާއީލް ކުޅޭ ނަމަ، ސްޕެއިން އިން އެ މުބާރާތް ބޮއިކޮޓް ކުރާނެ ކަމަށް ސްޕެއިންގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ވާރލްޑް ކަޕް ކޮލިފިކޭޝަންގައި އިޓަލީ އަތުން ބަލިވެ ވާރލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އިސްރާއީލް އަށް ވަނީ ގެއްލިފަ އެވެ. އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ސަންޗޭޒް ދެއްކެވި ވާހަކަ ތަކަށް އޭރު ގިނަ ޤައުމު ތަކުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

ފީފާޖިއާނީ އިންފަންޓީނޯރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު