Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑް ކަޕް ފުރިހަމަވާނެ: އިންފަންޓީނޯ

24 މާރިޗު 2021 | ބުދަ 18:06

ގަތަރުގައި ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 މާރިޗު 2021 | ބުދަ 18:06
ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭ ދޯހާގެ އަލް ބައިތު ސްޓޭޑިއަމް އިންފަންޓީނޯ ބައްލަވާލައްވަނީ

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭ ދޯހާގެ އަލް ބައިތު ސްޓޭޑިއަމް އިންފަންޓީނޯ ބައްލަވާލައްވަނީ

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އާންމު ގޮތެއްގައި ވޯލްޑް ކަޕް ހޫނު މޫސުމުގައި ބާއްވަ ނަމަވެސް، ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައިވެސް ގަތަރުން އަންނަނީ ވޯލްޑް ކަޕަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ގަތަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ދިނުމުން ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ކަމަށެވެ. އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕަކީ ހަނދާން ނައްތާނުލެވޭނެ އިވެންޓަކަށް ވާނެ ކަމަށާއި، އަންނަ އަހަރުގެ މުބާރާތް ވެގެންދާނީ ވޯލްޑް ކަޕަކަށް މަރުހަބާ ކިޔޭނެ ހުރިހާ ވަސީލަތްތަކާއި ކަންކަމެއް ހުރި ގައުމަކުން ބާއްވާ ވޯލްޑް ކަޕަކަށް ކަމަށެވެ. އަދި ކޮވިޑުގެ މި ދަނޑިވަޅުގައިވެސް ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ ތައްޔާރީތަކަށް ތާރީފު ޙައްޤު ކަމަށާއި، އަދި މި ހާލަތުގައިވެސް ވޯލްޑް ކަޕް މެޗުތައް ކުޅެވެގެންދާނީ 100 އިންސައްތަ ސަޕޯޓަރުންނާއެކުގައި ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ވޯލްޑް ކަޕް މެޗުތައް ބަލަން 100 އިންސައްތަ ސަޕޯޓަރުން ވައްދަން ނިންމާފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ގަތަރުގައި ކުރިއަށްދިޔަ ފީފާ ކުލަބު ވޯލްޑް ކަޕް ބަލަން 30 އިންސައްތަ ސަޕޯޓަރުން ވަނީ ވައްދާފައެވެ. އަދި ފުރިހަމަ ތައްޔާރީތަކާއެކު ވޯލްޑް ކަޕުގައި ދަނޑުތައް ފުރާލާނެ ކަމަށް ގަތަރުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ސަޕޯޓަރުންނާއި މީޑިއާއަށް އެއްފަހަރާ ބެލޭނީ ކޮންމެ ދުވަހަކުވެސް ދެ މެޗެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ގަތަރުގެ ދޯހާގެ އަލް ބައިތު ސްޓޭޑިއަމުގައެވެ. އެ ދަނޑަކީ 60،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗު ކުޅޭނީ 80،000 މީހުންގެ ޖާގައިގެ ލުސައިލް ސްޓޭޑިއަމުގައެވެ.

ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފަސް ސިޓީއެއްގެ އަށް ދަނޑެއްގައި ކުޅޭއިރު، މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކުރާނެއެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ގަތަރަށް ލިބުނީ އެމެރިކާ އާއި، ސައުތު ކޮރެއާ އާއި، ޖަޕާން އަދި އޮސްޓްރޭލިއާއާ ވާދަކޮށްގެންނެވެ.

ފީފާ ވޯލްޑް ކަޕްޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް