Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯވިޑް-19ގެ ޙާލަތު

ނައިފަރުން އިތުރު މީހަކު ޕޮޒިޓިވްވެ ކޮންޓެކްޓުން ހޯދަނީ

24 މާރިޗު 2021 | ބުދަ 14:12

ފެލިވަރުގައި މަސައްކަތް ކުރާ ނައިފަރު ރައްޔިތަކު ވަނީ ޕޮޒިޓިވްވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 މާރިޗު 2021 | ބުދަ 14:12
ޏައިފަރު - އެރަށުން އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައި

ޏައިފަރު - އެރަށުން އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައި

ޅ. ނައިފަރުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ މަސައްކަތް ކުރާ ފެލިވަރުން ނިމިދިޔަ 2 ހަފްތާގައި އެރަށަށް ދަތުރުކުރި މީހުން ހޯދަން ފަށައިފިއެވެ.

ޅ. ފެލިވަރާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް މަޢުލޫމާތުދެއްވަމުން ޅ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވަނީ އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހޮސްޕިޓަލުގެ މުއައްޒަފެއްކަމަށާއި، ދެން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރި ނައިފަރު ރައްޔިތެއްކަމަށެވެ. މި މީހާ އެޑްމިޑްކޮށް ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ނެގި ސާމްޕަލްގެ ނަތީޖާ މިމަހުގެ 23 ވަނަ ދުވަހު ލިބުނު އިރު ޕޮޒިޓިވްކަމަށް ޖައުފަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މީހާއަކީ ވަޒީފާ އަދާކުރުމަށް އެ އަތޮޅުގެ މަސް ކާރުޚާނާ ހުންނަ ޅ. ފެލިވަރަށް ދާ މީހެއްކަމަށާއި، އެހެންކަމުން އެކަންކަން އިތުރަށް ބަލަމުން އަންނަ ކަމަަށް ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިއެވެ. އަދި ފެލިވަރުގެ ޙާލަތު ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށް ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ ދެ ހަފުތާގައި ފެލިވަރަށް އެއްވެސް ބޭނުމެއްގައި ދަތުރުކޮށްފައިވާ ރައްޔިތެއްވާނަމަ އެކަން ޅ. އަތޮޅު ހޮސްޕިޓަލަށް އެންގުމަށް މިހާރު ވަނީ އެދިފައެވެ. މީގެ އިތުރުން ފެލިވަރަކީ ނ، ބ އަދި ޅ އަތޮޅުގެ ގިނަ ރައްޔިތުން ވަޒީފާއަދާކުރުމަށް ދާ ރަށެއްކަމުން މި ރަށްރަށުންވެސް 2 ހަފުތާގެ މުއްދަތުގައި ދަތުރުކޮށްފައިވާނަމަ އެކަން އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަށް އެންގުމަށް އެދިފައިވާކަމަށް ޖައުފަރު އަބްދުﷲ ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މިހާރު ފެލިވަރަށްގޮސް ޙާލަތު ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް ޖައުފަރު އަބްދުﷲ ހާމަކުރެއްވިއެވެ. މި ޓީމުން ފެލިވަރަށްގޮސް ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގާ އެ ރަށުގެ ޙާލަތު ދެނެގަންނާނެކަމަށް ޖައުފަރު އަބްދުﷲ ވިދާޅުވިއެވެ. އަދި މިކަމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ވަނީ ހުމާއި ރޯގާ އަދި މިނޫނަސް ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަހެރިވެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ސާމްޕަލް ނެގުމަށް ގޮވާލާފައެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް