Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލިބާލީ ހޯދަން މަސައްކަތްކުރުން

ކުލިބާލީ ހޯދަން އަންޗެލޮޓީ ބޭނުންވޭ

ބާޒާރުގައި ކުލިބާލީގެ އަގު މިހާރު އުޅެނީ 89 މިލިޔަން ޕައުންޑުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 މާރިޗު 2021 | ބުދަ 13:25
ކަލިދޫ ކުލިބާލީ އާއި ކާލޯ އަންޗެލޮޓީ އެކުގައި

ކަލިދޫ ކުލިބާލީ އާއި ކާލޯ އަންޗެލޮޓީ އެކުގައި

ނާޕޮލީއަށް ކުޅެމުން އަންނަ ސެނެގާލުގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ހޯދަން އެވަޓަނުގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުލިބާލީއަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް އުމުރުން 29 އަހަރުގެ ޑިފެންޑަރު ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ މަސައްކަތްކޮށްފައެވެ.

އެވަޓަނުގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން އަންޗެލޮޓީ ވަނީ ނާޕޮލީގައި ކުލިބާލީއަށް 18 މަސްދުވަސް ވަންދެން އިރުޝާދުދީފައެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކުލިބާލީ ހޯދަން އަންޗެލޮޓީ ބޭނުންވާ ކަމަށާއި، އެއާއެކު އެވަޓަނުން ކުލިބާލީ ގަތުމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ކުލިބާލީ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކުލަބުތައްވެސް ހިމެނެއެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑުންވެސް ކުލިބާލީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުންވެސް އަންނަނީ ކުލިބާލީއަށް ފާރަލަމުންނެވެ. އެއާކު ޓްރާންސްފާ ބާޒާރުގައި ކުލިބާލީގެ އަގު މިހާރު އުޅެނީ 89 މިލިޔަން ޕައުންޑުގައެވެ.

ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 274 މެޗުގައި 11 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕުގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކުލިބާލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 44 މެޗު ކުޅެފައެވެ.

ކަލިދޫ ކުލިބާލީ

އިތުރަށް ކިޔާލަން

26 ޖޫން 2023

ޗެލްސީގެ ކުލިބާލީ، ސައުދީގެ އަލް ހިލާލް އާއެކު ސޮއިކޮށްފި

26 ޖޫން 2023
ޗެލްސީގެ ކުލިބާލީ، ސައުދީގެ އަލް ހިލާލް އާއެކު ސޮއިކޮށްފި
02 ނޮވެމްބަރު 2022

މި ސީޒަންގެ ޕްރިމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކުރެވޭނެ: ކުލިބާލީ

02 ނޮވެމްބަރު 2022
މި ސީޒަންގެ ޕްރިމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކުރެވޭނެ: ކުލިބާލީ
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު