Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެސް ފެބްރިގާސް

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

ފެބްރިގާސް ހޯދުމަށް ޔުނައިޓެޑުން ވަރަށް އަވަހަށް ބިޑެއް ހުށަހަޅާނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 20:03
ޗެލްސީގެ މީޑްފިލްޑަރު ފެބްރިގާސް

ޗެލްސީގެ މީޑްފިލްޑަރު ފެބްރިގާސް

މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީ އަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ފެބްރިގާސް އަކީ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މިރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހޯދުމަށް އެޓީމުން ވަރަށް އަވަހަށް ބިޑެއް ހުށަހަޅާނެ ކަމަށެވެ.

ރޯމާ އިންވެސް ފެބްރިގާސް ހޯދުމަށް މަސައްކަތްކުރާ ކަމަށް އަޑުފެތުރިފައިވާއިރު، ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށްގެން ފެބްރިގާސް ހޯދުމަށް އޭސީ މިލާނުން މަސައްކަތްކުރި ކަމަށް ރިޕޯޓްތައްބުނެއެވެ.

އާސެނަލް އިން 2003 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބުކޮށްފަ އެވެ. އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ބާސާ އަށް ވަނީ ބަދަލުވެފަ އެވެ.

އެގޮތުން އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފަ އެވެ. ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.

ބާސާއާއެކު ކާމިޔާބު ސީޒަންތައް ހޭދަކުރުމަށް ފަހު ޗެލްސީއާ އެކު ހޭދަކުރި ތިން ސީޒަނުގައި އެޓީމަށް ކުޅުނު 103 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ ފެބްރިގާސް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ވަނީ އެގައުމަށް ދެފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު