Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

މި ސީޒަންގެ ޕްރިމިއާ ލީގު ޗެލްސީ އަށް ކާމިޔާބު ކުރެވޭނެ: ކުލިބާލީ

އޭނާ ބުނީ މި ސީޒަންގެ ޕްރިމިއާ ލީގު އެ ޓީމަށް ކާމިޔާބު ކުރެވޭނެ ކަމަށާއި، އެ ފެންވަރު ޗެލްސީގައި އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2022 | ބުދަ 02:03
ކަލީދޫ ކުލިބާލީ

ކަލީދޫ ކުލިބާލީ

ޗެލްސީ އަށް މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސެނެގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ބުނެފިއެވެ.

އިޓާލިއަން ލީގުގެ ނަޕޯލީ ދޫކޮށް ކުލިބާލީ ޗެލްސީ އަށް ބަދަލުވީ މި ސީޒަންގައެވެ. އޭނާ ޗެލްސީ އަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ އެ ޓީމުގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްއެވެ. ޗެލްސީ އަށް ބަދަލުވެ ކުލިބާލީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ކުލިބާލީ ވަނީ ޗެލްސީ އަށް 11 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އެ ޓީމަށް އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނަ މަގާމުގައި އޮތް ޗެލްސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ މި ސީޒަންގެ ޕްރިމިއާ ލީގު އެ ޓީމަށް ކާމިޔާބު ކުރެވޭނެ ކަމަށާއި، އެ ފެންވަރު ޗެލްސީގައި އޮތް ކަމަށެވެ. ކުލިބާލީ ބުނީ ޗެލްސީ އާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށް ތާރީޚީ ކާމިޔާބެއް ހޯދަން އޭނާ ބޭނުންވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކުލިބާލީ ބުނީ އޭނާ ޗެލްސީ އަށް އަންނަން ޖެހުނީ ކޮންމެ އަގެއް ދީފައި ނަމަވެސް އޭނާ ގެންނަން ބޭނުންވި ކޯޗެއް ހުއްޓާ ކަމަށެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން ކޯޗު ޓީމު ދޫކޮށްލަން ޖެހުނުކަން ފާހަގަކޮށް ކުލިބާލީ ބުނީ ޓުޗެލް އާއި ގްރަހަމް ޕޮޓާގެ ވައްޓަފާޅި ތަފާތު ކަމަށެވެ. ނަމަވެސް އިތުރު ކަންކަން ދަސްވާނެ ކަމަށް ކުލިބާލީ ބުންޏެވެ.

އުމުރުން 31 އަހަރުގެ ކުލިބާލީ އަކީ ސެގެނާލް ޤައުމީ ޓީމުގެ ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 64 މެޗު ކުޅެދީފައެވެ.

ޕްރިމިއަރ ލީގުޗެލްސީކަލިދޫ ކުލިބާލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު