Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރިންސް ހެރީ ވަޒީފާ އަދާކުރެއްވުން

ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!

މުސާރައާ ގުޅޭ ތަފްސީލުތައް ސާފުނުވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2021 | ބުދަ 02:23
ޕްރިންސް ހެރީ- ހެރީވަނީ އަދާ ކުރައްވާ އައު ވަޒީފާއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދެއްވާފައި

ޕްރިންސް ހެރީ- ހެރީވަނީ އަދާ ކުރައްވާ އައު ވަޒީފާއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދެއްވާފައި

ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގައި ވަޒީފާ އަދާ ކުރެއްވުމަށް ނިންމަވަފައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމެރިކާގެ ކޯޗިންގ އެންޑް މެންޓަލް ހެލްތް ފާރމެއްކަމަށްވާ "ބެޓަރ އަޕް" ގައި ޗީފް އިމްޕެކްޓް އޮފިސަރެއްގެ ވަޒީފާ އަދާ ކުރެއްވުމަށް ހެރީ ގެންދަވަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ހެރީގެ މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާ ކުރައްވާ ގަޑީގެ އިތުރުން، މުސާރައާ ގުޅޭ ތަފްސީލުތައް ސާފުނުވާކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. މިއީ ހެރީ ޝާހީ އާއިލާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން އަދާ ކުރައްވާ ފުރަތަމަ ވަޒީފާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ދެއްވި ޚއްސަ ސްޓޭޓްމަންޓެއްގައި ޕްރިންސް ހެރީ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހިފައިވާ މުހިއްމު ކަމެއް ކަމަށާއި، މި ވަޒީފާގެ މައިގަނޑު އަމާޒަކީ އެފަދަ މައްސަލަތަކާ ގުޅޭގޮތުން މީހުން އިތުރަށް ހޭލުންތެރި ކުރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ޕްލެޓްފޯރމްއެއް ޤާއިމު ކޮށްދެއްވުން ކަމަށެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ހެރީގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.

ބެޓަރ އަޕްގެ ސީއީއޯ އެލެކްސީ ރޮބިޝޯކްސްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހެރީ މަސައްކަތް ކުރައްވާނީ އެ ކުންފުނީގެ ސެންފްރާސިސްކޯ ހެޑްކުއާޓަރސް ގައެވެ. 2013 ވަނަ އަހަރު އުފެއްދި މި ކުންފުންޏަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ކޯޗިންގ އާއި، ކައުންސެލިންގ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ މާލީ މިނިވަންކަން ބޭނުންވާތީކަން މީގެ ކުރިން ފާހަގަ ކުރައްވާފައިވެއެވެ.

ޕްރިންސް ހެރީދި ރޯޔަލް ފެމިލީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2023

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

11 ޖެނުއަރީ 2023
ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި
15 އެޕްރީލު 2022

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި

15 އެޕްރީލު 2022
ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި
12 ޖޫން 2021

ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި

12 ޖޫން 2021
ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި
07 ޖޫން 2021

ހެރީއާާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަކުރައްވާފައި ވަނީ މަންމާފުޅަށާއި މާމާފުޅު ރާނީއަށް

07 ޖޫން 2021
ހެރީއާާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަކުރައްވާފައި ވަނީ މަންމާފުޅަށާއި މާމާފުޅު ރާނީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު