Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިއަކަށް އިންޒާރު ދިނުން

ލިޔުނު ޚަބަރަކާއި ގުޅިގެން ޓިކްޓޮކްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އިންޒާރުދެމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޯގަސްޓު 2024 | ހޯމަ 18:46
އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް

އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެއް

ލިޔުނު ޚަބަރަކާއި ގުޅިގެން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިސާ އަހުމަދު އަށް އިންޒާރުދެމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ފިރިހެނަކު އަނެއްކާވެސް އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކް ލައިވްގައި އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލުތައް ހިންގަމުންދާ މައްސަލައެއް ފެންމަތިވެ އެކަމާއި ގުޅޭ ޚަބަރެއް ގެނެސް ދިނުމުން އެކަމުގެ ތުހުމަތު ކުރެވޭ މީހާ އާއި އިތުރު ބައެއް މީހުން ވަނީ ލައިސާ އާއި އޭނާގެ އާއިލާ އާއި މެދު ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރަން ފަށާފައެވެ. އަދި ލައިސާގެ ފޮޓޯ އާއި ވީޑިއޯތައް ބޭނުންކުރުމުގެ އިތުރުން އޭނާ އަށް ހަޑިހުތުރުބަހުން މުއާމަލާތުކޮށްފައިވެއެވެ. އަދި ތަކުރާރުކޮށް އެ ޚަބަރު ނެގުމަށް ލައިސާ އަށް އިންޒާރު ދީފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުއެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އާއި މި މައްސަލަ އާއި ގުޅިގެން ފުލުހުން އަދި ސުވާލުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކްގައި ބަރަހަނާވުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަ ދައްކާފައެވެ. އެކަމާ އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭނާއަކީ މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހެކެވެ. މީސްމީޑީއާގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ވާހަކަ ދެއްކުމާއި، ހެދުން އެޅުމާއި، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުން ފަދަ މައްސަލަތަކާ ގުޅިގެން މި ފަހުންވެސް ބައެއް މީހުން ހައްޔަރުކޮށް ތަހުގީގު ކޮށްފައިވެއެވެ. އެގޮތުން އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް މަޝްވަރާ ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕޮލިސްޓިކްޓޮކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު