Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސި ރާނީ ކަނޑިން ކޭކު ފެޅުއްވުން

ކަނޑިއަކުން ކޭކުފަޅުއްވައި އިނގިރޭސި ރާނީގެ ހުނަރުފުޅު ދައްކަވާލައްވައިފި

ކޭކު ފެޅުއްވިއިރު ޑަޗެސް އޮފް ކެމްބްރިޖް ކޭޓްއާއި ޑަޗެސް އޮފް ކޯންވޯލް ކެމިލާ ރާނީގެ އަރިހުގައި ތިއްބެވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 19:09
ޝާހީ ފަރިއްކޮޅުގައި އިނގިރޭސި ރާނީ ބޭނުންފުޅުވީ ކަނޑިއަކުން ކޭކު ފަޅުއްވަން

ޝާހީ ފަރިއްކޮޅުގައި އިނގިރޭސި ރާނީ ބޭނުންފުޅުވީ ކަނޑިއަކުން ކޭކު ފަޅުއްވަން

ޝާހީ ފަރިއްކޮޅެއްގައި ބޮޑު ކަނޑިއަކުން ކޭކު ފަޅުއްވައި އިނގިރޭސި ރާނީ އެލިޒަބެތުގެ ހުނަރުފުޅު ދައްކަވާލައްވައިފިއެވެ.

ރާނީ އެލިޒަބެތު ކަނޑިން ކޭކު ފަޅުއްވާފައި ވަނީ އީޑެން ޕްރޮޖެކްޓުން އިންތިޒާމުކުރި ޚާއްސަ ޖާފަތެއް ކަމަށްވާ 'ދަ ބިގް ލަންޗް' ގައެވެ.  

ޖާފަތުގައި ކޭކު ފަޅުއްވަން ރާނީ ކަނޑިއެއް ހޯއްދެވުމުން, ތަނުގައި ހުރި އޮފިޝަކަލަކު ވަޅި އެބަ އޮތޭ ގޮވާލާ އަޑުއިވެއެވެ. ޖަވާބުގައި ރާނީ ވިދާޅުވީ ވަޅި އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި, އެކަމަކު ކަނޑިން ކޭކު ފެޅުމަކީ މާ ތަފާތު ގޮތެއްކަމުގައެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ރާނީ ކޭކު ފެޅުއްވިއިރު އަރިހުގައި ޑަޗެސް އޮފް ކެމްބްރިޖް ކޭޓްއާއި ޑަޗެސް އޮފް ކޯންވޯލް ކެމިލާ ހުންނެވިއެވެ. ކަނޑިއަކުން ކޭކު ފެޅުމަކީ ތަފާތު ގޮތެކޭ ރާނީ ވިދާޅުވުމާއެކު ދެ ބޭފުޅުން ވެސް ހިނިފުޅުވަޑުވާ މަންޒަރު ފެނިގެން ދެއެވެ.

މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ކުރިން, ޖީ7 ސަމިޓްގެ ލީޑަރުންނާއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އީޑެން ޕްރޮޖެކްޓުގައި ބޭއްވި ރަސްމިއްޔާތުގައި ރާނީ ބައިވެރިވެވަޑައިގެންނެވިއެވެ. ރާނީގެ އަރިހުގައި ޕްރިންސް ޗާލްސް, ޕްރިންސް ވިލިއަމް, ކެމިލާ، އަދި ކޭޓްވެސް ޖީ7 ލީޑަރުންނާ ބައްދަލު ކުރެއްވިއެވެ.

ދި ރޯޔަލް ފެމިލީރާނީ އެލިޒަބަތު 2

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
01 އޮކްޓޯބަރު 2022

އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް

01 އޮކްޓޯބަރު 2022
އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް
26 ސެޕްޓެމްބަރު 2022

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟
20 ސެޕްޓެމްބަރު 2022

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

20 ސެޕްޓެމްބަރު 2022
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު