Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާނީ އެލިޒަބެތު ދޭއް އަވަހާރަވުން

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

ރާނީ ފަސްދާނުލުމުގެ ކުރިން ޝާހީ އާއިލާގެ ބޭފުޅުން އެކަނި ކުޑަ ރަސްމިއްޔާތެއް ބޭއްވެވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 02:07
ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާ

ރާނީ އެލިޒަބެތު ދޭއްގެ ޖަނާޒާ

އަވަހާރަވެފައިވާ އިނގިރޭސި ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ފަސްދާނުލައިފިއެވެ.

ރާނީގެ ހަށިކޮޅު ފަސްދާނުލާފައިވަނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ފަސްދާނުލާފައިވާ ފައްޅީގައެވެ. ރާނީ ފަސްދާނުލާފައިވަނީ ޝާހީ އާއިލާގެ ބޭފުޅުން އެކަނި ހާޒިރުވެ ތިއްބެވި ކުޑަ ރަސްމިއްޔާތެއް ބޭއްވެވުމަށް ފަހުގައެވެ.

ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހު އަވަހާރަވި އިނގިރޭސި ރާނީގެ ޖަނާޒާގެ ކަންތައްތައް ފަށާފައިވަނީ ވަނީ ހޯމަ ދުވަހު ހެނދުނުއެވެ. އެކަމަނާގެ ޖަނާޒާގެ ކަންތައްތައް ވެސްޓްމިންސްޓަރ އެބީ އިން ފަށާފައިވާއިރު، މިޖަނާޒާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފައްސަތޭކަ އެއްހާ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާނީގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން އެކަމަނާގެ ހަށިކޮޅު ވިންސޯރ ގަނޑުވަރުގެ ރޯޔަލް ވޯލްޓަށް ތިރިކޮށްފައިވެއެވެ. އަދި އެކަމަނާގެ ސަންދޯކުގެ މަތީގައި އަޅާފައި އޮތް އިނގިރޭސި ޝާހީ ދިދަ އާއި ތާޖުވެސް ނަގާފައިވެއެވެ.

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެފައިވަނީ އުމުރުފުޅުން 99 އަހަރުފުޅުގައި 2021 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. ރާނީ އެލިޒަބެތު އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 96 އަހަރުފުޅެވެ. އެކަމަނާ ވަނީ އިނގިރޭސިވިލާތުގެ ރަނިކަން 70 އަހަރު ކުރައްވާފައެވެ.

ރާނީ އެލިޒަބަތު 2ދި ރޯޔަލް ފެމިލީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
01 އޮކްޓޯބަރު 2022

އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް

01 އޮކްޓޯބަރު 2022
އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް
26 ސެޕްޓެމްބަރު 2022

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟
20 ސެޕްޓެމްބަރު 2022

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

20 ސެޕްޓެމްބަރު 2022
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު