Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

"ރައީސް ވިދާޅުވެގެން!"

ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން އިވުނު ދެ ލަފުޒަކީ، "ރައީސް ވިދާޅުވެގެން" އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2024 | ހޯމަ 12:55
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. މެންދުރު ފަހަށް ބާއްވަން ތާވަލު ކުރި އެ ނޫސްވެރިންގެ ބައްދަލުވުން އެހެން ވަގުތަކަށް ފަސް ކުރީ، ރައީސް އޮފީހަށް ނޫސްވެރިން ޙާޟިރުވީ ވެސް ފަހުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ފަސް ކުރި ވާހަކަ ނޫސްވެރިންނަށް އެންގީ ގާތް ގަނޑަކަށް ގަޑި އިރެއް ފަހުންނެވެ. އެއަށްފަހު އެންގީ "ސްޓޭންޑް ބައި"ގައި ތިބުމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ހަވީރު އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައިރު، ބައްދަލު ކުރަނީ ކޮން ބޭފުޅެއްކަން ނުވަތަ ބޭފުޅުންނެއްކަން ސާފެއް ނުވެ އެވެ. ނަމަވެސް ޤަބޫލު ކުރެވިފައި އޮތީ ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާދިއްތަ ދުވަހު ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ. އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލް އިން ނިންމި ނިންމުން، އަނެއްކާ މެންދުރު ފަހު ވަނީ ބަދަލުކޮށްފަ އެވެ. އެއީ ގިނަ އާންމުންގެ ނުރުހުމާއި، ރުޅިވެރިކަމާއި، ނަފުރަތު ސަރުކާރަށް އަމާޒުވީ ފަހުންނެވެ. އޭރު ވެސް އަޅުގަނޑު ހިތަށް އެރި އެވެ. މިކަމުގައި ސަރުކާރުން ކޮންމެ ވެސް "ފޮންޏެއް ކަނޑާލާނެ" އެވެ.

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ޞައީދު އާއި މާލީ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަފީޤު އާއި ޚާރިޒީ ވަޒީރު މޫސާ ޒަމީރު އަދި ބަންޑާރަ ނައިބު އަޙުމަދު އުޝާމް އެވެ. ހަތަރު ބޭފުޅުން ވެސް ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެންނެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ނިންމަވާފައި ކަމަށް އެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި ގިނަ އިރުތަކަކަށް ވަޒީރުންގެ މަޖިލީހުގެ އެ ބައްދަލުވުން ދިގު ދެމިގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނު ވާހަކަ އަކީ ބީއެމްއެލް އިން ނިންމި ނިންމުމުގެ ވާހަކަ އާއި، ޑޮލަރުގެ މައްސަލައިގެ ވާހަކަ އެވެ. ނޫސްވެރިންގެ ސުވާލުތައް ވަޒީރުން އަދި ބަންޑާރަ ނައިބާ އަމާޒުކޮށްފައި ވަނީ ވެސް އެ މަޢުޟޫއުގަ އެވެ. ސުވާލުތަކަށް ވަޒީރުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ޖަވާބު ދެވިފައި ނުވާއިރު، އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ނޫސްވެރިން ވަޒީރުންގެ ގާތުގައި އެދެން ވެސް އެދުނެވެ. އެހެން ނަމަވެސް، އެކަމަށް ވަޒީރުންގެ މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލް އިން ނިންމި ނިންމުމާއެކު، ބޭރުގައި ކިޔަވަން ތިބޭ ކުދިންނާއި، އަދި ދިރިއުޅޭ ދިވެހިންނަށް ދިމާވާނެ މައްސަލަތަކާއި، އަދި ދަތިތަކާ ގުޅޭ ގޮތުން ވެސް ވަޒީރުންނާ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޞައީދު ވިދާޅުވީ، ބޭރުގައި ކިޔަވަން ތިބޭ ކުދިންނާއި، ދިރިއުޅޭ ދިވެހިންނަށް އެއްވެސް ދަތިތަކެއް ކުރިމަތިވާން "ރައީސް ބޭނުންފުޅު" ނުވާ ކަމަށެވެ. އަދި ބީއެމްއެލް އިން ނިންމި ނިންމުމަށް އިޝަރާތްކޮަށް ވިދާޅުވީ، އެއީ ރައީސްގެ އެންގެވުމާ ޚިލާފު ނިންމުމެއް ކަމަށެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ، ހަމަ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ވިދާޅުވަނީ، "ރައީސް ވިދާޅުވެގެން!" މިހެންނެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން އިވުނު ދެ ލަފުޒަކީ، "ރައީސް ވިދާޅުވެގެން" އެވެ. ރައީސް ވިދާޅުވެގެން މާލީ ނިޒާމު ޚަރަދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރައީސް ވިދާޅުވެގެން އިޤްތިޞާދު ރަނގަޅު ކުރުމުގރ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރައީސް ވިދާޅުވެގެން ޤާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ރައީސް ވިދާޅުގެން އެކި އެކި އަވައްޓަރި ޤައުމުތަކުގެ އެހީ އަށް އަދި މަދަދަށް އެދެމުން އަންނަ ވާހަކަ އެވެ.

ދޭތެރެއަކުން ވަޒީރު ބޭފުޅުން އަރުއްވައި، "އަޅުގަނޑުމެން" އޭ ވިދާޅުވުމަށްފަހު، އޭގެ ފަހަތަށް ވެސް ވިދާޅުވަނީ، "ރައީސް ވިދާޅުވެގެން" މިހެންނެވެ. ބައްދަލުވުމުގައި އިން ނޫސްވެރިޔެެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ހިތަށް އެތަކެއް އެއްޗެހި އަރައި، ފައިބަމުން ދިޔަ އެވެ. ވަޒީރު ބޭފުޅުންގެ ކޮންމެ ޖުމުލައެއްްގެ ފަހަތަށް، "ރައީސް ވިދާޅުވެގެން" އޭ ބުނުއްވަނީ "ޑެލިބަރޭޓްލީ" ބާއެވެ؟ ނުވަތަ އެކަމަށް ރައީސް އަންގަވައިގެން ބާއެވެ؟ ނުވަތަ ނަންބަރު މައްޗަށް ޖައްސާލެއްވުމުގެ މަޤުޞަދުގައި ބާއެވެ؟ ނޫން ނަމަ، އެހެން ވިދާޅު ނުވެއްޖެ ނަމަ، ދެން އަންނަން އޮތް ރާޅުގެ ބޮޑުކަމުންބާ އެވެ؟

ރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު