Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްވެހި ފަތިސް

މ. އަތޮޅުގެ ތަރައްގީއަށް މިއަހަރު ކުރާ އެންމެ މުހިންމުކަމަކީ އެއާޕޯޓާއި މަސްވެރިންނަށް ހަދައިދޭ ބަނދަރާއި ސްޓޯރޭޖްގެ މަސައްކަތް: ރައީސް

ބަނދަރު ވެގެންދާނީ މުޅި މެދުރާއްޖެތެރޭގެ މަސްވެރިންނަށް ހުރިހާ ކަމެއްވާނެ ތަނަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 މާރިޗު 2021 | އަންގާރަ 18:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

މ. އަތޮޅުގެ ތަރައްގީއަށް މިއަހަރު ކުރާ އެންމެ މުހިންމުކަމަކީ އެއާޕޯޓާއި މަސްވެރިންނަށް ހަދައިދޭ ބަނދަރާއި ސްޓޯރޭޖްގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް، ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު އަންގާރަ ދުވަހުގެ ރޭ ސިލްސިލާ ބައްދަލުވުމުގައި ރައީސް ސާލިހް ވިދާޅުވީ މި އަހަރަކީ މުލަކުގެ ތަރައްގީއަށް ވަރަށް ބޮޑު އަދި ގިނަ މަޝްރޫތައް ފަށާނެ އަހަރެއް ކަމަށެވެ. އެގޮތުން މަސް ބަނދަރާއި 50 މެޓްރިކްޓަނުގެ އައިސް ޕްލާންޓަކާއި، 500 މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ބަނދަރު ވެގެންދާނީ މުޅި މެދުރާއްޖެތެރޭގެ މަސްވެރިންނަށް ހުރިހާ ކަމެއް ވާނެ ތަނެއް ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށާއި ގިރާ ސަރަހައްދުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި ސްކޫލްގެ ތިން ބުރި އިމާރާތެއް އެޅުމަށް މޭ މަހު ޓެންޑަރއަށް ހުޅުވާލާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތަސް އެރަށަށް އިސްކަން ދޭނެ ކަމަށާއި ޒުވާނުންގެ މަރުކަޒުގެ ސްޓަރަކްޗާ މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެވަނަ ކުއަރޓަރުގައި ޓެންޑަރއަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ބަނދަރުގެ މަސައްކަތް 56 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތް ޓެންޑަރ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މ. މުލީގައި އަޅާ އެއާޕޯޓްުގެ މަސައްކަތް 28 ފެބްރުއަރީގައި އެމްޓީސީސީއާ ހަވާލުކޮށް އެއް އަހަރު ތެރޭގައި ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 221 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެކަން ނިމޭއިރު ރަށަށް ވަރަށް ބޮޑު ތަރައްގީއެއް އަންނާނެކަމަށްވެސް ވިދާޅުވިއެވެ. ނާލާފުއްޓާއި މުލި ގުޅާލުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމުގެ ސަރވޭ ޕްލޭނިން މިނިސްޓްރީން ކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާޕޯޓުގެ މަސައްކަތަށް ފަހު އެކަން ފައްޓާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މ. އަތޮޅުގެ ކުނި މެނޭޖްކުރާނެ ވެހިކަލްތައް މުޅި އަތޮޅުގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ ކަމަށާއި ރޯދަމަސް ފެށެންވާއިރަށް ކަރަންޓު ކޭބަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރަށްވެހި ފަތިސް

އިތުރަށް ކިޔާލަން

03 އެޕްރީލު 2021

"ހޯމް ސްޓޭ" ވިޔަފާރީގެ މައުލޫމާތު މިފަހަރު ގުރައިދޫއިން

03 އެޕްރީލު 2021
"ހޯމް ސްޓޭ" ވިޔަފާރީގެ މައުލޫމާތު މިފަހަރު ގުރައިދޫއިން
31 މާރިޗު 2021

އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް – އަނަސް

31 މާރިޗު 2021
 އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް – އަނަސް
30 މާރިޗު 2021

ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ - ރައީސް

30 މާރިޗު 2021
ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ - ރައީސް
24 މާރިޗު 2021

ކުރިއަށް އޮތް މަޝްރޫއުތަކާއެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ: ރައީސް

24 މާރިޗު 2021
ކުރިއަށް އޮތް މަޝްރޫއުތަކާއެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ: ރައީސް
22 މާރިޗު 2021

މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް 'ހައި' ޖަމްޕެއް ޖެހުމަށް- ފައްޔާޟް

22 މާރިޗު 2021
މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް 'ހައި' ޖަމްޕެއް ޖެހުމަށް- ފައްޔާޟް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު