Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ރަށްވެހިފަތިސް ކެމްޕޭން

ކުރިއަށް އޮތް މަޝްރޫއުތަކާއެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ: ރައީސް

24 މާރިޗު 2021 | ބުދަ 04:26

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިމޭނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 24 މާރިޗު 2021 | ބުދަ 04:26
ރައީސް ޞާލިޙް

ރައީސް ޞާލިޙް

ކުރިއަށް އޮތް މަޝްރޫއުތަކާ އެކު ގދ. އަތޮޅަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތުގައި ބައިވެރިވެވަޑައިގެން، ގދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންނާ މުޚާތަބު ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ގދ. މަޑަވެއްޔާއި ހޯނޑެއްދޫގެ ކޯޒްވޭ ހަލާކުވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ، ކޯޒްވޭގައި ތަނބު ޖަހައިގެން އަލުން ހަދާގޮތަށް، ދެވަނަ ކުއާޓަރުގައި ޓެންޑަރ ކުރާނެކަމަށެވެ.

Advertisement - newsAdvertisement

ގދ. ތިނަދޫއަކީ، ވިޔަފާރިހަބަކަށް ހަދަން ނިންމާފައިވާ ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ތިނަދޫ ބަނދަރު ކޮމާޝަލް ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ރަށުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރައްވުމުގެ އިތުރުން މިހާރު ހުރި ހޮސްޕިޓަލަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްގަނެ ސްޓޯ ކުރުމަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ހެދުމުގެ މަސައްކަތް ވެސް ފެށުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގައްދޫގެ ތަރައްގީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާއި،  ރަށަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މަގުހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަމަށެވެ.

ރައީސް ވިދާޅުވީ، ނަޑެއްލާ ކައިރި ސަރަހައްދުގައި ހުއިފިލަނޑާ އާލާކުރުމުގެ ޕްރޮޖެކްޓެއް ފިޝަރީޒް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ކަމަށާއި، ރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ޓެންޑަރ ކުރުން ތިންވަނަ ކުއާޓަރުގައި އޮންނާނެ ކަމަށެވެ.

ހޯޑެއްދޫ މަސްފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮތްއޮތުން ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ، އެކަން ހައްލުކޮށް، އެތަނުގެ ކުލި ސީދާ ކައުންސިލް އަށް ލިބޭގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި އެރަށު ސުކޫލް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ޖޫންމަހު ފެށޭވަރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާގެ ތަރައްގީއަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންތައްތަކާއި ގުޅޭގޮތުން، ރައީސް ވިދާޅުވީ، އެރަށު އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށެވެ. އަދި ކަނޑަހަލަގަލައިގަ ސިޓީ ހޮޓަލެއް ތަރައްގީކުރަން ތިން ވަނަ ކުއާޓަރުގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފިޔޯރީ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތާއި، ވާދޫގައި އޭޓީއެމް މެޝިނެއް ބެހެއްޓުމާއި، ރަތަފަންދޫއިން، ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރަށްގީކުރުން ވެސް، ހުވަދު އަތޮޅުގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއު ތަކުގެ ތެރެއިން ރައީސް ފާހަގަ ކުރެއްވިއެވެ.

ރަށްވެހި ފަތިސްރަށްވެހި ފަތިސް ކެމްޕޭންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް