Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަށްވެހި ފަތިސް

ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ - ރައީސް

ށ އަތޮޅުގެ 512 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 މާރިޗު 2021 | އަންގާރަ 20:08
ރަށްވެހި ފަތިސް ބައްދަލުވުމުގައި ރައީސް ސާލިހް ވާހަކަ ދައްކަވަނީ

ރަށްވެހި ފަތިސް ބައްދަލުވުމުގައި ރައީސް ސާލިހް ވާހަކަ ދައްކަވަނީ

ދައުލަތުން ށ އަތޮޅަށް 304 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ށ އަތޮޅުގައި ހިންގާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ށ އަތޮޅަށް ކަމަށާއި މުޅިއެކު 304 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ށ އަތޮޅުގެ 512 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދާ ކަމަށާއި، 1502 މީހަކަށް 23.1 މިލިއަން ރުފިޔާ އިންކަން ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، އެސްއެމްއީ ލޯންގެ ގޮތުގައި 9.6 މިލިއަން ރުފިޔާ ށ އަތޮޅުގެ އެކި ރަށްރަށަށް ދޫކޮށްފައިވާކަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ކަރަންޓް ސަބްސިޑީގެ ގޮތުގައި 53 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެ ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް މި އަހަރު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމަންޑޫއިން ގޯތިދޫނުކުރާތާ 30 އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި މަތިކޮމަންޑޫއާ ކޯސްވޭއަކުން ގުޅާލުމާއި ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާކުރާނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމު މަސައްކަތްތައް ވެސް ކުރިއަށް އޮތްތަނުގައި ބާރް ސްޕީޑްގައި ކުރިއަށްދާނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ށ. މާއުނގޫދޫއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިލަންދޫގައި 38 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަަށް މިހާތަކަށް ކޮށްފައިވާކަމަށާއި، 800 ކިލޯވޮޓް ޖަނަރޭޓަރ ސެޓް ބަހައްޓާ ނިމިފައިވާ ކަމަށާއި، 700 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މިލަންދޫ މަގު ހެދުމުގެ މަސައްކަތް މިހާރު އާރްޑީސީން ކުރިއަށް އެބަގެންދާ ކަމަށް ވިދާޅުވިއެވެ. ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެހުން ނިމި، އެޕްރީލްގައި ޓެންޑަރ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފުނަދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 44.5 މިލިއަން ރުފިޔާގެ މަޝްރޫއުގެ މި މަސައްކަތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުން ޓެންޑަރ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްތޫމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ނަލަންދޫއާ ބެހޭގޮތުން ރައީސް ވިދާޅުވީ، ނަލަންދޫގައި އެހެން ފަރާތަކުން މަސައްކަތްތަކެއް ކޮށްފައިވާތީވެ އެކަމަށް ބަދަލު ދޭންޖެހޭ ކަމަށާއި، އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ކޮވިޑްގެ މިހާލަތުގައިވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް އިންތިޚާބަކީ އެމްޑީޕީއަށް ކާމިޔާބު އިންތިޚާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރަށްވެހި ފަތިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު