Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮންޗެންގްލަޑްބަކާ އަލޮންސޯ ހަވާލުވުން

މޮންޗެންގްލަޑްބަކުގެ ކޯޗުކަމާ އަލޮންސޯ ހަވާލުވަނީ

23 މާރިޗު 2021 | އަންގާރަ 07:44

އަލޮންސޯ އަންނަނީ ރެއާލް ސޮސިއެޑާޑުގެ ބީ ޓީމަށް އިރުޝާދުދެމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މާރިޗު 2021 | އަންގާރަ 07:44
ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ

ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ

މި ސީޒަން ނިމުމުން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ކޯޗުގެ މަގާމާ ހަވާލުވާން ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިހާރު އުމުރުން 39 އަހަރުގެ އަލޮންސޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރެވެ. އެއަށްފަހު 2018 ވަނަ އަހަރު ޔުއެފާގެ އެލީޓް ކޯޗިންގ ކޯސް އަލޮންސޯ ހެދިއިރު، އޭނާ އެންމެ ފުރަތަމަ އިރުޝާދުދީފައިވަނީ ރެއާލް މެޑްރިޑުގެ 14 އަހަރުން ދަށުގެ ޓީމަށެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ރެއާލް ސޮސިއެޑާޑުގެ ބީ ޓީމަށް އިރުޝާދުދެމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މޮންޗެންގްލަޑްބަކުން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި މާކޯ ރޯސްގެ އެއްބަސްވުން މި ސީޒަނުގެ ނިމުމުން އުވާލަން ނިންމާފައެވެ. އަދި އޭނާގެ ބަދަލުގައި އަންނަ ސީޒަނުގައި މޮންޗެންގްލަޑްބަކާ ހަވާލުވާން އަލޮންސޯ ނިންމާފައިވާ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އަލޮންސޯއަށް ތިން އަހަރުގެ އެއްބަސްވުމެއް ދިނުމަށް މޮންޗެންގްލަޑްބަކުން ނިންމާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ލިވަޕޫލާއި، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަލޮންސޯ ރެއާލް ސޮސިއެޑާޑުގެ ބީ ޓީމަށް މިހާރު އިރުޝާދުދެމުން އަންނައިރު، އޭނާ ވަނީ އެ ޓީމަށް މިހާތަނަށް 47 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އަދި މީގެ ތެރެއިން 23 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

ޒަބީ އަލޮންސޯބޮރޫޝިއާ މޮންޗެންގްލަޑްބަކް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
06 ނޮވެމްބަރު 2023

ފޯކަސް ހުރީ މެޗަކަށް ފަހު މެޗަކަށް: ޒަބީ އަލޮންސޯ

06 ނޮވެމްބަރު 2023
ފޯކަސް ހުރީ މެޗަކަށް ފަހު މެޗަކަށް: ޒަބީ އަލޮންސޯ
11 މެއި 2023

ރޯމާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ، އެހެން ނަމަވެސް އަލޮންސޯ ހުރީ އުންމީދުގައި

11 މެއި 2023
ރޯމާއާ ދެކޮޅަށް ކުޅެން އުނދަގޫވާނެ، އެހެން ނަމަވެސް އަލޮންސޯ ހުރީ އުންމީދުގައި
16 އޮކްޓޯބަރު 2022

ރެއާލުން ޒަބީ އަލޮންސޯ އަށް ފާރަލަނީ!

16 އޮކްޓޯބަރު 2022
ރެއާލުން ޒަބީ އަލޮންސޯ އަށް ފާރަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް