Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސަން ނިންމައިފި

ރެއާލުން ބޭނުން ވަނީ ފީފާ ކުލަބު ވޯލްޑް ކަޕަށް އެ ޓީމުގެ ކޯޗަކަށް އަލޮންސޯ ހަމަޖެއްސުމަށެވެ. އެހެންކަމުން އެ މުބާރާތުގައު ރެއާލަށް އިރުޝާދު ދޭނީ އަލޮންސޯ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2025 | އަންގާރަ 05:00
ރެއާލްގެ ކޯޗަކަށް ހަމަޖައްސާ ޒަބީ އަލޮންސޯ، އޭނާ ވަނީ ލެވަކޫސަން އާއެކު ކާމިޔާބީތަކެއް ހޯދާފައި

ރެއާލްގެ ކޯޗަކަށް ހަމަޖައްސާ ޒަބީ އަލޮންސޯ، އޭނާ ވަނީ ލެވަކޫސަން އާއެކު ކާމިޔާބީތަކެއް ހޯދާފައި

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗަކަށް، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ހަމަޖައްސަން ނިންމައިފި އެވެ.

ރެއާލްގެ ކޯޗުކަމުގެ މަޤާމުގައި މިހާރު ހުރީ އިޓަލީގެ ކާލޯ އަންޗެލޮޓީ އެވެ. ނަމަވެސް އޭނާ ވަނީ ސްޕެނިޝް ލީގަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ.

އަންޗެލޮޓީ ރެއާލް ދޫކޮށްލަން ނިންމުމާ އެކު، ރެއާލްގެ ކޯޗަކަށް އުމުރުން 43 އަހަރުގެ އަލޮންސޯ ހަމަޖައްސަން މިހާރު އެ ކުލަބުން ވަނީ ނިންމައިފަ އެވެ.

ރެއާލުން ބޭނުން ވަނީ ފީފާ ކުލަބު ވޯލްޑް ކަޕަށް އެ ޓީމުގެ ކޯޗަކަށް އަލޮންސޯ ހަމަޖެއްސުމަށެވެ. އެހެންކަމުން އެ މުބާރާތުގައު ރެއާލަށް އިރުޝާދު ދޭނީ އަލޮންސޯ އެވެ. އޭގެ ކުރިން ރެއާލުން މިހާރުގެ ކޯޗު އަންޗެލޮޓީގެ ވަދާއީ ހަފުލާ ބާއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރެއާލުން އަލޮންސޯ އަށް ހުށަހަޅަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ރެއާލަށް އިރުޝާދު ދޭނެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރެއާލްގައި އަލޮންސޯ އާއެކު މަސައްކަތް ކުރާނެ އެހެން މުވައްޒަފުން ވެސް މިހާރު ވަނީ ކަނޑައެޅިފަ އެވެ.

އަލޮންސޯ ވަނީ 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ރެއާލަށް ކުޅެފަ އެވެ. ރެއާލަށް ކުޅެދިން 236 މެޗުގައި އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ރެއާލް ދޫކޮށްލުމަށް ފަހު، ދެން އަލޮންސޯ ބަދަލުވީ ބަޔާން މިއުނިކަށެވެ. އެ ކުލަބުގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު، 2017 ވަނަ އަހަރު އަލޮންސޯ ވަނީ ކުޅުން ހުއްޓާލައިފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އަލޮންސޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޭނާ ވަނީ ބަޔާ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަން ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ލެވަކޫސަން އިން ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް އެ ޓީމު ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު