Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވާރލްޑް ކަޕް 2025

އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ފުރަތަމަ މޮޅު ހޯދައިފި

23 ޖޫން 2025 | ހޯމަ 03:38

މިއީ މި ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ހޯދި ފުރަތަމަ މޮޅެވެ. މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2025 | ހޯމަ 03:38
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ޖޫޑް ބެލިންހަމް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ޖޫޑް ބެލިންހަމް އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވާރލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުގައި ޕަޗުކާގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުބާރާތުގައި ރެއާލްގެ ފުރަތަމަ މެޗުގައި ވަނީ އަލް ޙިލާލާ އެއްވަރުވެފަ އެވެ. އެ މެޗުގައި ރެއާލް އިން ލީޑު ނަގާފައި ވަނިކޮށް، އަލް ޙިލާލް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލް އިން ވަނީ 3-1 އިން ޕަޗުކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ. މި ހާފުގައި ޕަޗުކާ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގައި ރެއާލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ރައުލް އަސެންސިއޯ އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެއީ ރެއާލްގެ އޭރިޔާ ކައިރިން ޕަޗުކާގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެން ދެއްކި ކާޑެކެވެ.

އެއް ކުޅުންތެރިޔަކު މަދުން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޫޑް ބެލިންހަމް އެވެ. އޭނާ އެ ލަނޑު ޖެހީ ފްރާން ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރީ އާޑާ ގުލާ އެވެ. އެއީ ގޮންޒާލޯ ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުލާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެެވެ. މެޗުގެ 70 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ޕަޗުކާގެ ހަމައެކަނި ލަނޑު، 80 ވަނަ މިނެޓުގައި ޖެހީ އެލިއާސް މޮންޓިއޭލް އެވެ. އޭނާ އެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހޭވިއާ އެޑުއާޑޯ ލޮޕޭޒް އެވެ.

މިއީ މި ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ހޯދި ފުރަތަމަ މޮޅެވެ. މޮޅާ އެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ގުރޫޕް ސްޓޭޖުގައި ރެއާލްގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ އެފްސީ ސަލްޒްބާގާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް