Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަޙައްދުގައި އަނެއްކާ ފަށައިފި

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 23 މާރިޗު 2021 | އަންގާރަ 05:24
ދިރާގު މުވައްޒަފުންނަށް ވެކްސިން ޖެހުން

ދިރާގު މުވައްޒަފުންނަށް ވެކްސިން ޖެހުން

ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަހައްދުގައި އަނެއްކާ ފަށައިފިއެވެ.

ފުރަތަމަ ބުރުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް، އަންގާރަ ދުވަހު ހެނދުނު 10:00 ފެށިގެން ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ ޗައިނާ ސިނޮފާރމް ކުންފުނިން އުފައްދައި، ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެކި ސަބަބުތަކާހުރެ މާލެ ސަރަހައްދުން ފުރަތަމަ ފަހަރު ވެކްސިން ނުޖެހޭ ފަރާތްތަކަަށް ހުޅުވާލި މި ފުރުސަތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 15:00 އަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލް، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ސެނަހިޔާ، ގައި ވެކްސިން ދޭނީ ހެނދުނު 10:00 އިން ފެށިގެން 12:00 އަށެވެ.

ޗައިނާގެ ސިނޮފަރމް (ބެއިޖިންގ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްސްޓްސް ކޮމްޕެނީ ލިމިޑެޓް) އިން އުފައްދާފައިވާ މ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރުވެސް 20 ޤައުމަކުން ދީފައިވާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިންނާއި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އިތުރުން، ބަލިތައް ތަޙައްމަލު ކުރާ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް ބޭނުން ކުރަން ޖެހޭ މީހުންނާއި، މާބަނޑު އަންހެނުންނަށް ސިނޮފަރމް ވެކްސިން ނުޖަހާނެ ކަމަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 28 ދުވަސްފަހުން ވެކްސިން ޖެހިދާނެކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައި (އޯރގަން ޓްރާންސްޕްލާންޓް) ވާ މީހެއްނަމަ، ޓްރާންސްޕްލާންޓަށް 3 މަސް ފުރުމުން މި ވެކްސިން ޖެހިދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެޗްޕީއޭއިން ބުނީ، ދެ ޑޯޒް ޖަހާ މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ 3-4 ހަފްތާ ފަހުންކަމަށެވެ.

މި ވެކްސިންގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ގައި ހިރުވުމާއި، ބޮލުގައި ރިއްސުމާއި، ހުން އައުމުގެ އިތުރުން، ހޮޑުލެވުމާއި، ހުޅުތަކާއި ގައިގެ މަސްތަކުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މިއީ ވެކްސިން ޖެހުމުން އާންމުކޮށް ވެސް ދިމާވާނެ މައްސަލަތަކެއްކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ފުރަތަމަ ޑޯޒްދިނުން މެދުކަނޑާލީ މާރިޗް 15 ގައެވެ. އޭރު ގާތްގަނޑަކަށް އާބާދީގެ 46 އިންސައްތައަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.

ސިނޮފާރމް ވެކްސިން (ޗައިނާ)ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު