Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުން

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

އެމެރިކާއިން ހަދިޔާ ކުރީ 100،620 ޑޯޒު ފައިޒަރ ވެކްސިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޖޫން 2022 | ހޮނިހިރު 06:36
އެމެރިކާއިން ހަދިޔާކުރި ވެކްސިން

އެމެރިކާއިން ހަދިޔާކުރި ވެކްސިން

ކޮވިޑް-19ން ރައްކާތެރިވުމަށް އެމެރިކާގެ ރައްޔިތުންގެ ފަރާތުން ރާއްޖެއަށް 100،000އަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފިއެވެ.

އެ ގައުމުން ކޮވެކްސް މެދުވެރިކޮށް ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒަރ ވެކްސިންގެ 100،620 ޑޯޒެވެ. މިއީ ރައްކާތެރި ވެކްސިނެއް ބޭނުންކޮށްގެން ދިވެހިންނަށް ބޫސްޓަރ ޑޯޒް ޖަހައި، އަލަށް ބަލި ޖެހޭ މީހުންނާއި އިތުރު ވޭރިއަންޓްތައް ފެތުރުން ހުއްޓުވުމަށް ފޯރުކޮށްދިން އެހީއެކެވެ.

Advertisement - newsAdvertisement

އެމެރިކާއިން ވަނީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖުމްލަ 439،920 ފައިޒަރ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި ޔޫއެސް އެހެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ރާއްޖޭގެ އެކި އަތޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ދިނުމާއި ރައްކާތެރި ވެކްސިނެއް ޖެހުމަށް އާއްމުން ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

ޔޫއެސް މިޝަން މޯލްޑިވްސްގެ ޝާޖޭ ޑި އެފެއަރޒް އެންޑްރިއާ އެޕެލް ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންގެ ހަގީގީ ދީލަތިކަން ސިފަކޮށްދޭ ކަމެއް ކަމަށެވެ. އަދި ޔޫއެސް މިޝަނުން ދަނީ އެމެރިކާގެ ސައިންޓިސްޓުންނާއި އުފެއްދުންތެރިކަމުގެ ހުށިޔާރު ކަމާއިި ލޮޖިސްޓިކް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ގުޅުވައި ދުނިޔެ ވެކްސިނޭޓްކުރަމުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ފެތުރެންފެށިފަހުން ޔޫއެސް އެއިޑުގެ ފަރާތުން ވަނީ ރާއްޖެއަށް 7 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރުވެސް ޔޫއެސް އެއިޑުގެ އެހީގައި ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

އެމެރިކާއިން ދުނިޔޭގެ އެކި ގައުމުތަކަށް 1.2 ބިލިއަން ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިވާއިރު، މިހާތަނަށް 533 މިލިއަނަށްވުރެ ގިނަ ޑޯޒު ވަނީ 115 ގައުމަކަށް ފޯރުކޮށްދީފައެވެ.

އެމެރިކާކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު