Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ޖެހުން

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

ރޯދަމަހާއި ގުޅިގެން ވެކްސިން ދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އެޕްރީލު 2022 | ހޯމަ 02:48
އެޗްޕީއޭގެ ޑިރެކްޓަރު އައިމިނަތު އަރޫޝާ

އެޗްޕީއޭގެ ޑިރެކްޓަރު އައިމިނަތު އަރޫޝާ

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އައިމިނަތު އަރޫޝާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަރޫޝާ ވިދާޅުވީ ރޯދަމަހާއި ގުޅިގެން ވެކްސިން ދޭ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، ރޯދަ މަސް ނިމުމުން ގަޑި އިތުރު ކުރާނަމަ އެކަން އާންމުންނަށް އަންގަމުންދާނެ ކަމަށެވެ. އަދި ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދުވެސް މަދު ކަމަށެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދެމުން ދިޔަ ކޯލް ސެންޓަރު (1676) ގެ ޚިދުމަތް 24 އޭޕްރީލުން ފެށިގެން ހަމައެކަނި ރަސްމީ ގަޑީގައި ދިނުމަށް އެޗްޕީއޭ އިން ނިންމުމުން އެކަމާއި ގުޅިގެން ކޯލް ސެންޓަރ ކްލަސްޓަރގެ ހެޑް ބިޝާރާ އަހްމަދު ވިދާޅުވީ 1676 ގެ ޚިދުމަތަށް ބަދަލު ގެންނަ ޖެހުނީ މި ދަނޑިވަޅުގައި ކޮވިޑުގެ ކޭސްތައް މަދުވުން ކަމަށާއި ކޮވިޑާއި ގުޅިގެން މައުލޫމާތު ސާފު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ.

އަރޫޝާ ވެސް ވިދާޅުވީ އޮންލައިން ކޮންސަލްޓޭޝަނަށް އަންނަ ކޯލްތަކާއި ދަންވަރު އަންނަ ކޯލްތައް ވެސް ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. އޮންލައިން ކޮންސަލްޓޭޝަން މިވަގުތު މެދުކަނޑާލާފައިވާ ކަމަށާއި ސިއްޙީ ޚިދުމަތެއް ބޭނުންވާނަމަ ކައިރި ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޯލް ސެންޓަރު (1676) ގެ ޚިދުމަތް ރަސްމީ ގަޑީގައި އެކަނި ދިން ނަމަވެސް އެމަރޖެންސީ ސަރވިސް ނަންބަރު 100ށް ގުޅުމުން ވަގުތުން ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ފޯރުކޮށްދޭނެ ކަމަށް އަރޫޝާ ވިދާޅުވިއެވެ. އަދި އެތަނުގައި މަސައްކަތް ކުރާނީ ޕެރެމެޑިކްގެ ޚިދުމަތް ދޭ މީހުންކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ.

އަރޫޝާ އިތުރަށް ވިދާޅުވީ މިހާރު ވެސް ހެލްތް އިމަރޖެންސީ ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޯލް ސެންޓަރުގެ ޚިދުމަތް އެއްކޮށް ހުއްޓާލުމުގެ ވިސްނުން ނެތް ކަމަށެވެ.

ކޯލް ސެންޓަރު (1676) ގެ ޚިދުމަތް ރަސްމީ ގަޑީގައި އެކަނި ދިނުމަށް ނިންމި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވެއްޖެނަމަ ބެކަޕް ޕްލޭނެއް އެބައޮތް ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނެ ކަމަށް އަރޫޝާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ އަރިދަފުސް ރޯގާ އަދި ޑެންގީ ހުން އިތުރުވަމުން އަންނަ ދުވަސްވަރަކަށްވާތީ އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭގެ ފަރާތުން ވަނީ އެދިފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19ގެ ހާލަތު ރަނގަޅުވެފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އުވާލާފައެވެ. އަދި މިހާރު ކޮވިޑްގެ ތަފާސްހިސާބުތައް ހާމަކުރަމުންދަނީ ހަފްތާއަކު އެއްފަހަރެވެ. އެންމެ ފަހުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނި 178،883ށް އަރާފައެވެ. އަދި މިބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ހުރީ 298ގައެވެ.  

އެޗްޕީއޭކޮވިޑް-19 ވެކްސިންފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު