Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެކްސިން ސެންޓަރުތައް އީދަށް ބަންދުކުރުން

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

ވެކްސިން ސެންޓަރުތައް ބަންދު ކުރަނީ ޖުލައި 10 އިން 16 އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 7 ޖުލައި 2022 | ބުރާސްފަތި 02:09
ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

އަންނަ ޢީދު ބަންދުގައި މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ޖުލައި 10 އިން ފެށިގެން 16 އަށް މާލެ ސަރަހައްދުގެ ހުރިހާ ވެކްސިން ސެންޓަރުތަކެއް ބަންދުވާނެ ކަމަށެވެ.

Advertisement - newsAdvertisement

މާލޭގައި މިވަގުތު ކޮވިޑް ވެކްސިން ޖަހައިދެނީ ދަރުމަވަންތަ ހޮސްޕިޓަލާއި ދަމަނަވެށިންނެވެ. އަދި ހުޅުމާލޭގައި ވެކްސިން ޖަހައިދެނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.

އީދު ބަންދުގައި ވެކްސިން ކާޑު ހެއްދުމާއި ވެކްސިން ސެޓްފިކެޓް ދޫކުރުން ވެސް ބަންދުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންވެ ދަތުރުކުރުމުގެ ކުރިން ވެކްސިން ކާޑު ނުވަތަ ވެކްސިން ސެޓްފިކެޓް ބޭނުންވާ މީހުން ޖުލައި 7 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދުމަށް ވަނީ އަންގާފައެވެ. މި ވެކްސިން ކާޑުގެ ޑިޖިޓަލް ކާޑު ކޮވިޑް ސޭފް ޕޯޓަލްއިން ވެސް ލިބޭނެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 84.94 އިންސައްތަ މީހުން ވަނީ މިހާތަނަށް ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައެވެ. އަދި ތިންވަނަ ޑޯޒު ވެކްސިން ޖެހޭ އާބާދީގެ 35.04 އިންސައްތަ މީހުން ވަނީ ފުރިހަމަ ކޮށްފައެވެ.

ކޮވިޑުގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑްގެ ނުރައްކާ އޮތް މީހުންނަށް ހަތަރު ވަނަ ޑޯޒް ޖެހުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު