Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިހާރު އެވޯޑްސް

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

މި އެވޯޑްގައި އިންޑިވިޖުއަލް ކުޅިވަރުތަކަށް ވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 11:38
މިހާރު އެވޯޑް އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން

މިހާރު އެވޯޑް އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން

ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެވޯޑެއް ނުލިބު މާޔޫސްވެފައި ވަނިކޮށް އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިހާރު ނޫހުން "މިހާރު އެވޯޑްސް"ގެ ނަމުގައި އެވޯޑެއް ތައާރަފްކޮށްފިއެވެ.

މި އެވޯޑް އިފްތިތާހްކޮށްފައި ވަނީ ހޮޓެލް ޖެންގައި ބުދަ ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައެވެ.

ކުޅިވަރު ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީން އަދި އެހެނިހެން ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދިނުމަށް ވަނީ ނިންމާފަ އެވެ.

މި އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓުބޯޅަ، ވޮލީ ބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ސްވިމިންގ (ފެތުން)، އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މިހާރުން ދިނުމަށް ނިންމާފައިވާ އެވޯޑްސް

ފުޓްބޯޅަ: ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ "ރަން ބޫޓު".

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ: މި ބައިގައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ދެ ވަނަ އަދި އެންމެ މޮޅު ތިން ވަނަ ކުޅުންތެރިޔާ ހޮވުމަށް ވަނީ ނިންމާފައެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ: (މި އެވޯޑް ލިބޭނީ މުޅި ސީޒަންގައި އެންމެ މޮޅަށް ކުޅުނު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް)

ވޮލީބޯލް، ފިރިހެން: މިބައިން އެވޯޑް ލިބޭނީ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ، އެންމެ މޮޅު ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއަށެވެ. އޭގެ އިތުރުން އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ހިމެނޭނެއެވެ.

ވޮލީބޯލް، އަންހެން: މި އެވޯޑްސްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ދެވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއަށެވެ. މި ބައިން ވެސް އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެއެވެ.

އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެވޯޑްސް: މިބައިގެ އެވޯޑްސްތައް ދޭނީ އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އެއްކޮށްލައިގެން. މި އެވޯޑްތައް ލިބޭނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާ އަދި އެންމެ މޮޅު އިންޑިވިޖުއަލް ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ އަށެވެ. އަންހެން ބައިގައި ވެސް ހޮވާނީ އަހަރުގެ އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅުންތެރިޔާ އާއި އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާއެވެ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް: މި އެވޯޑް ލިބޭނީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ދިވެހި ހުނަރުވެރިންނަށެވެ.

މުހައްމަދު ޒާހިރު ނަސީރުގެ އެވޯޑް: މިއީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ޚިދުމަތްކޮށްދޭ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ. އެވޯޑް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފްގައެވެ.

އަހަރުގެ އެންމެ މޮޅު ކޯޗު: މި އެވޯޑަށް އެންމެ މޮޅު ކޯޗު ހޮވާނީ ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތައް އެއްކޮށްލައިގެންނެވެ. މިއީވެސް ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެން ދޭ އެވޯޑެކެވެ. އަހަރުގެ އެންމެ މޮޅު ރެފްރީ: މިއީ ވެސް ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެން، ރެފްރީންގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއެފާއިން ޓޮޓީގެ އަގުވަޒަންކުރަން ނިންމައިފި

ޔޫއެފާއިން ޓޮޓީގެ އަގުވަޒަންކުރަން ނިންމައިފި

02 ޖޫން 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

20 މެއި 2017
ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު