Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ

ޔޫއެފާއިން ޓޮޓީގެ އަގުވަޒަންކުރަން ނިންމައިފި

ޓޮޓީ ވަނީ ރޯމާއާއިއެކު 25 އަހަރު ހޭދަކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 2 ޖޫން 2017 | ހުކުރު 14:33
ދާދި ފަހުން ރޯމާއަށް ކުޅުން ހުއްޓާލި އެޓީމުގެ ކެޕްޓަން ޓޮޓީ

ދާދި ފަހުން ރޯމާއަށް ކުޅުން ހުއްޓާލި އެޓީމުގެ ކެޕްޓަން ޓޮޓީ

ފަންސަވީސް އަހަރަށް ފަހު ރޯމާއަށް ކުޅުން ހުއްޓާލި އެޓީމުގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީގެ އަގުވަޒަންކޮށް އޭނާއަށް އޫއެފާ ޕްރެސިޑެންޓްސް އެވޯޑް ދިނުމަށް އެއިދާރާގެ ރައީސް އަލެގްޒެންޑާ ކެފެރިން ނިންމަވައިފިއެވެ.

ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއެފާގެ) ރައީސް ކެފެރިން ވިދާޅުވެފައި ވަނީ، އެއް ކްލަބެއްގައި 25 އަހަރު ވަންދެން ހުރެ އޭނާ ދައްކުވައިދީފައި ވަނީ ފުޓުބޯޅައަށް ރީތި ނަމޫނާއެއް ކަމަށެވެ. އެގޮތުން ޓޮޓީގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ޕްރޮފެޝަނަލްކަމާ އެކު އެއްކުލަބަކަށް ސާބިތުވެ ހުރިތަން ކަމަށާއި، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމުން، މިފަދަ ހިދުމަތްތަކުގެ އަގުވަޒަންކުރުމަކީ ޔޭއެފާގެ ޒިންމާއެއް ކަމަށް ވެސް ކެފެރިން ވަނީ ވިދާޅުވެފައެވެ.

އުމުރުން 40 އަހަރުގައި ރޯމާއިން ޓޮޓީ ވަކިވެފައި ވާއިރު، އޭނާގެ މުޅި ފުޓުބޯޅަ ހަޔާތް ވެސް ހޭދަކޮށްފައިވަނީ ރޯމާގައެވެ. އުމުރުން އެންމެ 16 އަހަރުގައި ރޯމާއަށް ކުޅެން ފެށި ޓޮޓީ ވަނީ އެކުލަބަށް 786 މެޗު ކުޅެދީފައެވެ. އަދި އޭނާވަނީ އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކުރުމުގެ އިތުރުން އެޓީމާ އެކު ލީގު ވެސް އުފުލާލާފައެވެ.

ޔޫއެފާގެ ޕްރެޒިޑެންޓްސް އެވޯޑް މީގެ ކުރިން ލިބިފައިވަނީ، ނެދަލޭންޑްސްގެ ޔޯހާން ކްރައިފް އާއި، ޖަރުމަނުގެ ފްރާންޒް ބެކެންބާގެ އިތުރުން އިންގްލޭންޑްގެ ބޮބީ ޗާލްޓަން އަށެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި

29 މެއި 2017
ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު