Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ މުޒާހަރާ

މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ދެމީހުން ވެސް ދޫކޮށްލައިފި

ހުކުރު ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި 23 މީހުން ޖޫރިމަނާ ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ދޫކޮށްލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2021 | ހޯމަ 08:48
އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

މިދިޔަ ހުކުރު ދުވަހު އިދކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒަހާރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ދެމީހުން ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުކުރު ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ޖޫރިމަނާ ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މުޒަހަރާގައި ފުލުހުންނަށް ހަމަލާ ދޭން މަސައްކަތް ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ނުގެންގޮސް ހޮނިހިރު ދުވަހު ދޫކޮށްލާފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންޑިއާއަށް ދިވެހި ބިން ވިއްކާފައިވާ ކަމަށް ގޮވާފައެވެ. އަދި ދިވެހީންގެ މިނިވަންކަން އިންޑިއާއިން ނަގާލާފައިވާ ކަމަށް އިދިކޮޅުގެ ސަޕޯޓަރުން ގޮވިއެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ހުކުރު ދުވަހު މުޒާހަރާ ކޮށްފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. ފުލުހުން ވަނީ އާންމުންނަށް އެ ސަރަހައްދަށް ނުވަދެވޭނެހެން ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސިލްސިލާކޮށް މާލެ ސިޓީގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ފުލުހުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވުމުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލަމުންނެވެ.

މިމުޒާހަރާތަކާ ގުޅިގެން ފުލުހުން ބުނަމުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާވެސް ހިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ޕީޕީއެމް-ޕީއެންސީޕީޕީއެމްމުޒާހަރާ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު