Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާއަކީ ސުލްހަވެރިކަމާއެކު ކުރިޔަށް ދިޔަ މުޒާހަރާއެއް، އެއްވެސް މީހަކު ގާނޫނާ ޚިލާފު ޢަމަލެއް ކޮށްފައިނުވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 03:15
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އިސްނަގައިގެން މާލޭގައި ކުރިޔަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އެއްވެސް ކުށެއްނެތި ހައްޔަރު ކުރި މީހުންނަށް ފުލުހުން ދިން އަނިޔާތަކުގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އޮތް މުޒާހަރާ އަކީ ސުލްވެރިކަމާއި އެކު ކުރިޔަށް ދިޔަ މުޒާހަރާއެއް ކަމަށާއި އެ މުޒާހަރާގެ ތެރެއިން އެއްވެސް ބައިވެރިޔަކު ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ އެ މުޒާހަރާ ކުރިޔަށް ދިޔަ އިރު، އެންމެ ކުރިގާއި ހުރި މީހެއްގެ ހައިސިއްޔަތުން ދަންނަވާނަމަ އެރޭ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން އަނިޔާވެރިކަމާއި އެކު ހައްޔަރު ކުރީ އެންމެ ހަ މީހުން ނޫން ކަމަށާއި އެއަށްވުރެ ގިނައިން އެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނިޝާން ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރި މީހުންނަށް ބަންދުގެ މުއްދަތުވެސް ޖަހާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށެވެ. ނިޝާން ވިދާޅުވީ މުޒާހަރާގެ ތެރެއިން ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ނުކޮށް ތިއްބާ ފުލުހުން ގޮސް އެމީޙުން ހައްޔަރުކުރުމަކީ ޣައިރުގާނޫނީ އަމަލެއް ކަ މަށެވެ.

އަދި ކުށެއް ނެތި ހައްޔަރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް ނުޖެހޭނޭ ކަމަށާއި ހަޔަރުގައި ތިބި ނަމަވެސް އެއީ ކުށްވެރިން ނޫން ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންނާއި ދިމާއަށް ބިއްލޫރި ފުޅީ އުކިކަމަށް ބުނެވެސް ކުރަނީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށާއި އެތަނުގައި އެއްވެސް މީހަކު ފުލުހުންނާއި ދިމާއަށް ބިއްލޫރި ފުޅި އުކާފައިނުވާ ކަމަށެވެ. އަދި އެމަންޒަރު ދުއް މީހަކު ވެސް މިހާތަނަށް ފެނިފައި ނުވާކަމަށް ނިޝާން ވިދާޅުވި އެވެ.

އެތަނުގައި އެކުރި އިހުތިޖާޖުގެ ތެރެއިން. އެތަނުގައި އެ ކުރީ ސުލްހަވެރި އިހުތިޖާޖެއް. އެ އިހުތިޖާޖުގެ ތެރެއަށް ފުލުހުންގެ ބަޔަކު ނުކުމެގެން ހައްޔަރުކުރަން އަންނައިރު، އެ ހައްޔަރުކުރުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިންނަށް އަނިޔާވުން. ފުލުހުންގެ އުސޫލީ ގާނޫނުތައް ބުނާގޮތުން ކޮންމެ ހާލަތެއްގައި ވެސް ފުލުހުން ބޭނުންކުރަން ޖެހޭނީ އެންމެ މިނިމަމް ފޯސް. މާނައަކީ ހާލަތާއި ބައްދަލު ބާރު. އެތަނުގައި އެއްވެތިބި އާންމުންނަކީ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ގެންގުޅުނުބައެއް ނޫން. އަޅުގަނޑުވެސް މީ މުޒާހަރާއަށް ދިޔަ މީހެއް. މުޒާހަރާ ފެށުނީއްސުރެ ނިމެންދެން އެތަނުގައި ހުރި މޭއް އަޅުގަނޑަކީ. އެތަނުގައި ތިބި އެއްވެސް މީހެއްގެ އަތުގައި ހަތިޔާރެއް ނުހުންނާނެ. ފުލުހުން އެބަ ތުހުމަތު ކުރޭ އެތަނުން ބިއްލޫރި ފުޅި އުކިކަމަށް. އަޅުގަނޑު މިހާރުވެސް ފިސާރި ހައްގުބިއްލާހި ތެދަށް މި ދަންނަވަނީ އެތަނަސް އެންމެ ބިއްލޫރި ފުޅިއެއް ވެސް ނޯންނާނެ އެއްލާފަ އެއް. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް.
މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ އެފަދަ ދޮގު ތުހުމަތުތަކެއް ކޮށްގެން އެއްވެސް ކުށެއް ނެތި ފުލުހުން ބަޔަކު އަނިޔާވެރިކޮށް ހައްޔަރުކުރުމުގެ ތެރެއިން ލިބިފައިވާ އަނިޔާތަކަށް ފުލުހުންނާއި ދައުލަތުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނޭ ކަމަށެވެ.

އަދި އެ އަނިޔާއިން އެއްކޮށް ރަނގަޅު ވަންދެން ބޭސްފަރުވާގެ ހުރިހާ ކަމެއް ކޮށްދިނުމުގެ އިތުރުން ދެން ވެސް ކުރަން ޖެހުނު ހުރިހާ ކަމެއް ދައުލަތުގެ ފަރާތުން ކޮށްދޭން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވީ އެވެ. އެކަމުގެ ފުރހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޝާން މިފަދައިން ވިދާޅުވި އިރު، އެއްވެސް ކުށެއްގެ ދައުވާއެއް އުފުލުމެއް ނެތި ޖަލުގައި ބަންދު ކޮށްފައި 6 މީހުން ތިބި އިރު، އެމީހުންގެ އަސާސީ ސިއްހީ ފަރުވާ ގެ އިތުރުން ބަންދު ކޮށްގެން ގެންގެޅޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މުހިންމު ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފަރުވާ ކުޑަކޮށްފައިވާ ކަމަށާއި މާ ބޮޑު އަޅާލުމެއް ނުބަހައްޓާ ކަން ބަންދު ކޮށްފައިވާ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ބަންދު ކުރުމަށްފަހު އެންމެންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު، އެމީހުންނަކީ ސިޔާސީ މަގްސަދެއްގައި ބަންދު ކޮށްގެން ގެންގުޅޭ ބައެއް ކަމަށާއި، އެހެން ކަމުން އެއްވެސް ކުށެއް ނެތި ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.

މުހައްމަދު ނިޝާން އިބްރާހިމްއިހުތިޖާޖުމޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު