Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލަބާ ހޯދަން މަސައްކަތްކުރުން

އަލަބާ ހޯދަން ރެއާލުން މަސައްކަތްކުރަނީ

21 މާރިޗު 2021 | އާދީއްތަ 15:32

އަލަބާއަށް ހަފުތާއަކު 165,000 ޕައުންޑުގެ މުސާރައެއް ލިބޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މާރިޗު 2021 | އާދީއްތަ 15:32
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ

މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލަން ނިންމާފައިވާ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ހޯދަން ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލަބާ ވަނީ ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށްފަހު، މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އަލަބާ ބަޔާން ދޫކޮށްލާއިރު، ބަޔާނާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެހެންކަމުން މީގެ ކުރިން ބަޔާނުން އަލަބާގެ އެއްބަސްވުން އާކުރަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

އެ ފަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަބާ ބުނީ މިހާރު އޭނާގެ އަމާޒަކީ ބަޔާން ދޫކޮށް، ކެރިއަރުގައި އައު ޗެލެންޖަކާ ކުރިމަތިލުން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ސީޒަނުގައި ގުޅޭނެ ޓީމެއް އަދި ކަނޑަނާޅާ ކަމަށްވެސް އަލަބާ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ އަލަބާ ހޯދަން ރެއާލުން މަސައްކަތްކުރަމުން އަންނައިރު، ހަފުތާއަކު 165,000 ޕައުންޑުގެ މުސާރައެއް ލިބޭ އެއްބަސްވުމެއް އޭނާއަށް ހުށަހަޅަން ރެއާލުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަލަބާއަށް 17 މިލިޔަން ޕައުންޑުގެ ބޯނަހެއް ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ރެއާލަށް ބަދަލުވާން އަނގަބަހުން އަލަބާ އެއްބަސްވެފައިވާ ކަމަށްވެސް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަލަބާ ހޯދަން ރެއާލުން މަސައްކަތްކުރަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުންވެސް އޭނާއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރިއާގެ ޔޫތު ޓީމުތަކުން ފާހަގަވި އަލަބާ އެންމެ ފުރަތަމަ ބަޔާނުގެ ޔޫތު ޓީމާ ގުޅުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ބަޔާނުގެ ސީނިއާ ޓީމަށް އަލަބާ ޕްރޮމޯޓުވިއިރު، އޭގެ ފަހުން އެއް ސީޒަނުގައި އަލަބާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ހޮފެންހެއިމަށްވެސް ކުޅެފައެވެ.

އެކަމަކު ފަހުން ބަޔާނުގެ ސީނިއާ ޓީމުގެ މުހިންމު މެމްބަރަކަށް އަލަބާ ވިއިރު، އޭނާ ވަނީ މިހާތަނަށް ބަޔާނަށް 472 މެޗު ކުޅެދީ 36 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ނުވަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ޑޭވިޑް އަލަބާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2025

ދެ ވަނަ ލެގުގައި އަލަބާ އަދި ރޫޑިގާ އަށް ކުޅެވޭނެ!

18 ފެބުރުއަރީ 2025
ދެ ވަނަ ލެގުގައި އަލަބާ އަދި ރޫޑިގާ އަށް ކުޅެވޭނެ!
01 މާރިޗު 2023

އަލަބާ މެސީއަށް ވޯޓު ދިނީ ކީއްވެ؟

01 މާރިޗު 2023
އަލަބާ މެސީއަށް ވޯޓު ދިނީ ކީއްވެ؟
10 ޖެނުއަރީ 2023

ރެއާލްގެ އަލަބާ އާއި ޗުއަމިނީ އަށް އަނިޔާވެއްޖެ

10 ޖެނުއަރީ 2023
ރެއާލްގެ އަލަބާ އާއި ޗުއަމިނީ އަށް އަނިޔާވެއްޖެ
21 ޖުލައި 2021

ރާމޯސްގެ ހަތަރު ނަންބަރު ޖާޒީ އަލަބާއަށް

21 ޖުލައި 2021
ރާމޯސްގެ ހަތަރު ނަންބަރު ޖާޒީ އަލަބާއަށް
30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
13 މާރިޗު 2017

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

13 މާރިޗު 2017
ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ
12 މާރިޗު 2017

ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް