Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ އަލަބާ އާއި ޗުއަމިނީ އަށް އަނިޔާވެއްޖެ

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ފެންނަ ގޮތުގައި ދެ ކުޅުންތެރިންގެ ވެސް ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2023 | އަންގާރަ 02:13
ރެއާލަށް ކުޅެމުން އަންނަ އަލަބާ އާއި ޗުއަމިނީ

ރެއާލަށް ކުޅެމުން އަންނަ އަލަބާ އާއި ޗުއަމިނީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އާއި ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު އައުރެލިން ޗުއަމިނީ އަށް އަނިޔާވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ރެއާލުން ހޯމަ ދުވަހު އެވެ. އެ ކުލަބުން އާންމުކުރި މެޑިކަލް ރިޕޯޓުތަަކުން ބުނަނީ އެ ދެ ކުޅުންތެރިންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ފެންނަ ގޮތުގައި ދެ ކުޅުންތެރިންގެ ވެސް ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. ދެ ކުޅުންތެރިންނަށް ވެސް އަނިޔާވެފައިވަނީ ސްޕެނިޝް ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު މެޗުުގަ އެވެ. ވިލަރެއާލް އަތުން 2-1 އިން ބަލިވި މެޗުގެ 64 ވަނަ މިނެޓުގައި ޗުއަމިނީ ވަނީ ބަދަލުކޮށްފަ އެވެ. ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބެން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އަލަބާ އާއި ޗުއަމިނީ އަކީ ވެސް ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހިންމު ދެ ކުޅުންތެރިންނެވެ. އެންމެ އަވަހަށް ރެއާލްގެ މެޗެއް ދެން އޮތީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރެއާލް މެޑްރިޑްޑޭވިޑް އަލަބާޗުއަމެނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު