Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީގެ 'އުޖާލާ ދިރިއުޅުން'

އެމްއައިބީގެ 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް 4،00،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ

ފެސިލިޓީއަށް އެދެވޭނީ ދިވެހިންނަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 މާރިޗު 2021 | ހޮނިހިރު 08:25
މޯލްޑިވްސް އިސްލާމިކް ބޭންކު

މޯލްޑިވްސް އިސްލާމިކް ބޭންކު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް މިހާރު 4،00،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީގެ ކްރެޑިޓް ފެސިލިޓީއެއް ކަމަށްވާ 'އުޖާލާ ދިރިއުޅުން' ފެސިލިޓީއަށް އެދެވޭނީ އުމުރުން 18 އަހަރު ވެފައިވުން އަދި ފައިސާ ދައްކާ ނިމޭއިރު 65 އަހަރު ނުވާ ދިވެހި ރައްޔިތަކަށް ވުމާއިއެކު ރާއްޖޭގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހަކަށް ވުން ކުލި ލިބޭފަރާތަކަށްވުމާއި މެދު ނުކެނޑި ވަޒީފާ އަދާކުރާތާ 6 މަސްދުވަސްވެފައި ވުން އަދި މިވަގުތު ވަޒީފާއަދާކުރާ ތަނުގައި އުޅޭތާ 3 މަސްވެފައިވެފައިވާ މީހުންނަނެވެ. އަދި މުސާރައިގެ ގޮތުގައި 4,000 ރުފިޔާއަށްވުރެ ދަށް ނޫން އަދަދެއްގެ އާމްދަނީއެއް ލިބޭ ފަރާތަކަށްވުމާއި ކުލީގެ ގޮތުގައި 10،000 ރުފިޔާއަށްވުރެ ދަށް ނޫން އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ ފަރާތަކަށް ވާންޖެހޭ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ފެސިލިޓީއަކީ އާންމުދިރިއުޅުމުގައި ބޭނުންކުރާ މުދާ ހެޔޮއަގުގައި މަހުން މަހަށް ބަހާލައިގެން ފައިސާދައްކާ ގޮތަށް އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެމަތިން ދެވޭ ފެސިލިޓީއެކެވެ. މިފެސިލިޓީގެ ދަށުން އެކިބާވަތްތަކުގެ މުދާ ނެގޭނެއެވެ. މީގެ ތެރޭގައި ފަރުނީޗަރު، އިލެކްޓްރޯނިކްސް، ފޯނު، ހިފާގެންގުޅޭ ތަކެތި، އައުޓްބޯޑު އިންޖީން، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި، ސޯލާޕެނަލް، މޮޓޯސައިކަލް ގެ އިތުރުން ވެސް އެހިނެހެން މުދާ ނެގޭނެއެވެ.

އެމްއައިބީން ބުނީ މި ފެސިލިޓީގެ ލިމިޓް ހަމަޖެހުމަށް ފަހު މުދާ ގަތުމަށް ހަމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި މި ލިމިޓް ބޭނުން ކުރުމުގައި އެމްއައިބީއިން ގަބޫލުކުރާ ފިހާރައަކުން ކޯޓޭޝަންއާއިއެކު މުދާ ގަންނަން ބޭނުންވާ ލިޔުންތައް ގެނައުމުން ކަސްޓަމަރަށް މުދާ ވިއްކާނެ ކަމަށެވެ. މީގެ އިތުރުން އެމްއައިބީން މުދާ ވިއްކަނީ ބެންކަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހުގައެވެ. އަދި ދައްކަން ޖެހޭނީ ލިމިޓުގެ ތެރެއިން ގަތް މުދަލުގެ އަގަށްވާ ފައިސާ އެކަނި ކަމަށް އެމްއައިބީން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް

އިތުރަށް ކިޔާލަން

08 ޖުލައި 2025

ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި

08 ޖުލައި 2025
ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި
24 ޖޫން 2025

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި

24 ޖޫން 2025
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި
17 މާރިޗު 2024

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

17 މާރިޗު 2024
މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
02 ޖެނުއަރީ 2024

އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

02 ޖެނުއަރީ 2024
އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި
13 ނޮވެމްބަރު 2023

އެމްއައިބީގެ މުވައްޒަފުންނަށް ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

13 ނޮވެމްބަރު 2023
އެމްއައިބީގެ މުވައްޒަފުންނަށް ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު