Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިސްލާމިކް ބޭންކުން ދެމުންގެންދާ ޚިދުމަތްތައް

އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިންގ އަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

22 ޑިސެމްބަރު 2022 | ބުރާސްފަތި 02:32

އައު ބަދަލާއެކު ޓްރާންސްސެކްޝަންތައް ހެދުމުގައި އަވަސްކަމާއި ފަސޭހަކަމާއެކު އެކަންކުރެވިގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 02:32
އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން ދެމުންދާ އިންޓަނެޓް ބޭންކިންގ ޚިދުމަތް ފުޅާކޮށް ބޮޑެތި ބަދަލުތަކަކާއެކު ވަރަށް އަވަހަށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެކަމަށް އެބޭންކުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު އަހުމަދު ރިޒާ ވިދާޅުވެއްޖެއެވެ.

އެމްއައިބީގެ މަސައްކަތްތަކާއި ދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެމްއައިބީން އިންޓަނެޓްގެ ބޭންކިންގގެ ޚިދުމަތް ދެމުންދާއިރު މިވަގުތު ކުރިޔަށްދަނީ އެޚިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން ލިބުނު ގިނަ ޚިޔާލުތަކާއެއްގޮތަށް އެޚިދުމަތް އަޕްގްރޭޑްވެގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ. މުޅިން އައު ފީޗަރތަކާއެކު ބަދަލުތައް ގެންނަނީ ކަސްޓަމަރުންނަށް ދިމާވާ ހުރިހާ ދަތިތައް ހައްލުކޮށްދިނުމަށްކަމަށް ރިޒާ ވިދާޅުވިއެވެ.

އެގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި މިހާރު ކޮންމެ ޕްރޮފައިލަކަށް ވަނުމަށްވެސް ވަކި ލޮގިން އެއް ބޭނުންވާއިރު ބަދަލާއެކު އެއް ލޮގިން އިން ހުރިހާ ޕްރޮފައިލަކަށް ވަދެވޭނެކަމަށް ރިޒާ ވިދާޅުވިއެވެ. މީގެއިތުރުން އައު ބަދަލާއެކު ޓްރާންސްސެކްޝަންތައް ހެދުމުގައި އަވަސްކަމާއި ފަސޭހަކަމާއެކު އެކަންކުރެވިގެންދާނެކަމަށާއި ކަސްޓަމަރު ބޭނުންވާ ގޮތަކަށް އެޕްލިކޭޝަން ކަސްޓަމައިޒްކުރެވޭނެކަމަށް ރިޒާ ވިދާޅުވިއެވެ. މީގެއިތުރުން އެޕްލިކޭޝަނަށް ވަންނަ ކޮންމެފަހަރަކު އޯޓީޕީ ޖަހަން އޮންނައޮތުމަށްވެސް ބަދަލު އަންނާނެއެވެ. މީގެއިތުރުން ކަސްޓަމަރަށް އައު ޑޭޝް ބޯޑެއް ލިބިގެންދާއިރު ކަސްޓަމަރު ބޭނުންވާ ގިނަ މައުލޫމާތުތަކެއް ފެންނަންހުންނާނެކަމަށް ރިޒާ ވިދާޅުވިއެވެ.

އެޕްލިކޭޝަނަށް ލޮގިންވާއިރު އެޕްގައި އިންނަންވީ ކަސްޓަމަރުގެ ބޭންކު އެކައުންޓް ބެލެންސް ހުރުންތޯ ނުވަތަ ޓްރާންސްފާކުރުންތޯ ކަސްޓަމަރަށް ކަނޑައެޅޭނެކަމަށް ރިޒާ ވިދާޅުވިއެވެ. އެކައުންޓްގެ ސްކްރީން ކަސްޓަމަރު ބޭނުންވާގޮތަށް ކަސްޓަމައިޒްކުރެވޭނެކަމަށާއި ލޮގިންވާއިރަށް ކަސްޓަމަރުގެ ބޭންކު ބެލެންސް ފެންނަން އިންނަން ބޭނުންނުވާނަމަ އެގޮތަށް ބަދަލުކުރެވޭނެކަމަށް ރިޒާ ވިދާޅުވިއެވެ.

އަދި އޮތެންޓިކޭޝަން އޯޓީޕީ މެއިލް އަށް ނުދާގޮތަށް ބަދަލު ގެނެސްފައިވާއިރު އެޕްލިކޭޝަން ބައްޓަންކޮށްފައިވާނީ ކޮންމެ އެއްޗަކުން ބޭނުންކުރިކަމުގައިވިޔަސް ޔޫސަރ ފްރެންޑްލީކޮށްކަމަށް ރިޒާ ވިދާޅުވިއެވެ. އިންޓަނެޓް ބޭންކިންގ އަށް އަންނަ ބަދަލުތަކަކީ ވިޔަފާރިވެރިންނަށްވެސް ފަސޭހަ ބަދަލުތަކަކަށް ވެގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް

އިތުރަށް ކިޔާލަން

08 ޖުލައި 2025

ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި

08 ޖުލައި 2025
ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި
24 ޖޫން 2025

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި

24 ޖޫން 2025
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި
17 މާރިޗު 2024

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

17 މާރިޗު 2024
މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
02 ޖެނުއަރީ 2024

އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

02 ޖެނުއަރީ 2024
އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި
13 ނޮވެމްބަރު 2023

އެމްއައިބީގެ މުވައްޒަފުންނަށް ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

13 ނޮވެމްބަރު 2023
އެމްއައިބީގެ މުވައްޒަފުންނަށް ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
19 ޑިސެމްބަރު 2022

އެމްއައިބީގެ އާ ގޮތްޕެއް ހުޅުމާލޭގައި: "ހައްޖު ސޭވިން"ގެ ނަމުގައި އާ ޕްރޮޑަކްޓެއް

19 ޑިސެމްބަރު 2022
އެމްއައިބީގެ އާ ގޮތްޕެއް ހުޅުމާލޭގައި: "ހައްޖު ސޭވިން"ގެ ނަމުގައި އާ ޕްރޮޑަކްޓެއް
24 އޮކްޓޯބަރު 2022

ރާއްޖޭގައި ސްކޭމް ކޯލް، އަދި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ އިތުރުވުމާގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

24 އޮކްޓޯބަރު 2022
ރާއްޖޭގައި ސްކޭމް ކޯލް، އަދި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ އިތުރުވުމާގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
31 އޯގަސްޓު 2021

އެމް.އައި.ބީ.އިން "ގްލޯބަލް ޕޭ" ޚިދުމަތް ލޯންޗުކޮށްފި

31 އޯގަސްޓު 2021
އެމް.އައި.ބީ.އިން "ގްލޯބަލް ޕޭ" ޚިދުމަތް ލޯންޗުކޮށްފި
02 އެޕްރީލު 2021

އިސްލާމިކް ބޭންކުން ވިސާ ޑެބިޓް ކާޑު ތައާރަފް ކޮށްފި

02 އެޕްރީލު 2021
އިސްލާމިކް ބޭންކުން ވިސާ ޑެބިޓް ކާޑު ތައާރަފް ކޮށްފި
20 މާރިޗު 2021

އެމްއައިބީގެ 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް 4،00،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ

20 މާރިޗު 2021
އެމްއައިބީގެ 'އުޖާލާ ދިރިއުޅުން' މެދުވެރިކޮށް 4،00،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް