Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާގެ ދަރަނި

އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 13:39
އާޒިމާ ޝަކޫރު ކޯޓުން ނުކުންނަވަނީ

އާޒިމާ ޝަކޫރު ކޯޓުން ނުކުންނަވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓިއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ބެލި މި މައްސަލައަކީ މ. އާސްތާނާ، އައިޝަތު އާޒިމާ ޝަކޫރު ރަހުނު ބަހައްޓައިގެން، މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދޫކޮށްފައިވާ 3،186369.23 ރުފިޔާގެ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީއަށް އާޒިމާގެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ފައިސާ އަދާކުރަމުންނުދާ ކަމަށް ބުނެ، ފެސިލިޓީގެ ފައިސާއާއި މަހުން މަހައަށް އަރަމުންދާ މަންތްލީ ރެންޓަލް ފައިސާއާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކުގައި އެއްފަހަރާ އާޒިމާގެ ކިބައިން ހޯދުމަށް އިސްލާމިކް ބޭންކުން ކޮށްފައިވާ ދައުވާއެކެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ އެ ފެސިލިޓީއާއި ގުޅިގެން ރަހުނުކޮށްފައިވާ ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންސް ސީ1-ސީ2 އެއްމެދު އިމާރާތުގެ ސީ2-ޕީ/2 ފްލެޓް ވިއްކާލުމުގެ ހުއްދަ ދިނުމަށާއި، މި ރަހުނަކީ އެ ފެސިލިޓީއާއި ގުޅީގެން އިސްލާމިކް ބޭންކަން ލިބެންޖެހޭ އެންމެހައި ފައިސާ ލިބިދެވޭނެކަމުގެ ޔަގީންކަމެއްގެ ގޮތުން ކުރެވުނު ރަހުނެއް ކަމުގައިވުމުން، އެ ފެސިލިޓީއާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ހަލާސްކުރެވި ފެސިލިޓީގެ އެކައުންޓް ބަންދުކުރެވެންދެން ރަހުނުގެ އެގްރީމެންޓުގެދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ އިލްތިޒާމްތަކުގައި ހައްގުތަކާއި ބާރުތައް ބާތިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ހުކުމުގައި ބުނެފައިވަނީ އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން އޭނާއަށް 3،186،369.23 ގެ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓިއެއް ދޫކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީގެ ދަށުން 2 ޖެނުއަރީ 2024 ގެ ނިޔަލަށް ފެސިލިޓީގައި ބާކީވާ 4،030،856.19 ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499.13 ރުފިޔާއެކު ޖުމްލަ 4،156،355.32 ރުފިޔާ އިސްލާމިކް ބޭންކަން އާޒިމާ ދައްކަންޖެހޭ ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީގެ ދަށުން، ފައިނޭންސިންގ ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ މަހުން މަހަށް އަރަމުންދާ މަންތްލީ ރެންޓަލް ފައިސާއާއި، ފައިސާ ނުދެއްކުމުގެ ސަަބަބުން އަރަމުންދާ ޗެރިޓީ ފައިސާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސާބިތުވާ ކަމަށެވެ.

އަދި 2 ޖެނުއަރީ 2024 ގެ ނިޔަލަށް ފެސިލިޓީއަށް އަރާފައިވާ ފައިސާއާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 4،156،355.32 ރުފިޔާ އާއި މަހުން މަހަށް އަރަމުންދާ މަންތްލީ ރެންޓަލްއާއި ޗެރިޓީ ފައިސާ 2 ޖެނުއަރީން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެއެވެ.

މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ އާޒިމާގެ ޣައިރު ހާޒިރުގައެވެ.

އާޒިމާ ޝަކޫރުސިވިލް ކޯޓުމޯލްޑިވްސް އިސްލާމިކް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު