Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީގެ ޚިދުމަތްތައް

އެމްއައިބީގެ އާ ގޮތްޕެއް ހުޅުމާލޭގައި: "ހައްޖު ސޭވިން"ގެ ނަމުގައި އާ ޕްރޮޑަކްޓެއް

ކުރިން އެމްއައިބީން ޚިދުމަތް ދެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް މޯލްގައި، ކުޑަ ތަންކޮޅެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޑިސެމްބަރު 2022 | ހޯމަ 17:22
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ގޮތްޕެއް ހުޅުމާލޭގައި ހުޅުވުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އާ ގޮތްޕެއް ހުޅުމާލޭގައި ހުޅުވުން

މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ން ހުޅުމާލޭގައި އެ ބޭންކްގެ އާ ގޮތްޕެއް ގާއިމްކޮށްފިއެވެ.

އެމްއައިބީގެ އާ ގޮތްޕެއް ހުޅުވާފައިވަނީ ފިތުރޯނުމަގުގައި ހުންނަ ދަމާސް އެއްވަނަ އެވެނިއުގެ ތިރީ ފަންގިފިލާގައެވެ. އެ ބްރާންޗް ހުޅުވާފައިވަނީ ހޯމަ ދުވަހުއެވެ.

ކުރިން އެމްއައިބީން ޚިދުމަތް ދެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް މޯލްގައި، ކުޑަ ތަންކޮޅެއްގައެވެ. މިހާރު އެ ބޭންކްގެ އާ ބްރާންޗް ހުޅުވާފައިވަނީ އިތުރު ސްޓާފުންނާވެސް އެކުގައެވެ. މީގެ އިތުރުން އެ ބޭންކުން ވަނީ ހޯމަ ދުވަހު އާ ޕްރޮޑަކްޓެއް ލޯންޗްކޮށްފައެވެ. އެއީ ހައްޖު ސޭވިން އެކައުންޓެވެ. އެ އެކައުންޓްގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހައްޖަށް ދާން ފައިސާ އެއްކުރެވޭނެކަމަށް އިސްލާމިކް ބޭންކުން ފާހަގަކުރެއެވެ. އެ ޕްރޮޑަކްޓްގެ އެހީގައި 5000 ރުފިޔާއިން ފެށިގެން ފައިސާ ރައްކާކުރުމަށް ފުރުސަތު ލިބިގެންދެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ، އިސްލާމިކް ބޭންކްގެ ގޮފިތައް އިތުރުވެ ކުރިއަރަމުންދާއިރު އެ ބޭންކުން ފޯރުކޮށްދޭ އިސްލާމިކް ޕްރޮޑަކްޓްތަކަށްވެސް ކުރިއެރުން ލިބޭނެ ކަަމަށް އުންމީދުކުރައްވާ ކަަމަށެވެ. އަދި އެމްއެމްއޭގެ އެހީތެރިކަން އެ މަސައްކަތަށް ލިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. ރާއްޖޭގައި ބޭންކިންގގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭންކިންގގެ ޚިދުމަތް ހޯދާނީ ކޮން ފަރާތަކުންކަން ޚިޔާރުކުރުމުގެ ފުރުސަތު ލިބުމަކީ މުހިންމު ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްއައިބީން ދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އެ ބޭންކްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އާ ބްރާންޗާއެކު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއައިބީން އުންމީދުކުރެއެވެ. ހުޅުމާލޭ ބްރާންޗުން އެ ބޭންކްގެ މެއިން ބްރާންޗުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ. މިހާރު އެމްއައިބީން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 6 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އޭޓީއެމްއާއި އެޖެންޓުން އަދި ޑިޖިޓަލްކޮށް އެމްއައިބީން ދަނީ ޚިދުމަތްދެމުންނެވެ.

2011 ވަނަ އަހަރުގެ މާރޗް 7 ވަނަ ދުވަހު ރަސްމީކޮށް ޚިދުމަތް ދޭން ފެށި އެމްއައިބީގެ 25 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރަނީ ދިވެހި ސަރުކާރުންނެވެ. އަދި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 70 އިންސައްތަ އަދި އަމާނާ ތަކާފުލްގެ ފަސް ޕަސެންޓް ހިއްސާ އޮވެއެވެ.

އެމްއައިބީމޯލްޑިވްސް އިސްލާމިކް ބޭންކް

އިތުރަށް ކިޔާލަން

08 ޖުލައި 2025

ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި

08 ޖުލައި 2025
ފެނަކައިގެ ޗެއަރމަން ކަމަށް ޝާމް އައްޔަނުކޮށްފި
24 ޖޫން 2025

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި

24 ޖޫން 2025
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި
02 ނޮވެމްބަރު 2024

އެމްއައިބީން ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ތައާރަފްކޮށްފި

02 ނޮވެމްބަރު 2024
އެމްއައިބީން ރާއްޖެ އަށް މުޅިން އަލަށް، ކޭޝްކާޑުގެ ބަދަލުގައި ބޭނުންކުރެވޭ އަނގޮޓި އެއް ތައާރަފްކޮށްފި
17 މާރިޗު 2024

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

17 މާރިޗު 2024
މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
02 ޖެނުއަރީ 2024

އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

02 ޖެނުއަރީ 2024
އިސްލާމިކް ބޭންކުން ނަގާފައިވާ ފެސިލިޓީއަކަށް 4 މިލިއަން ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު