Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހެއްގެ އެކައުންޓުން ފައިސާ ފޭރިގަތުން

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ: ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވޭ. އަދި އޭގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 17 މާރިޗު 2024 | އާދީއްތަ 10:06
ޕޮލިސް

ޕޮލިސް

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގައި ހުޅުވާފައިވާ ދިވެއްސެއްގެ އެކައުންޓު މެދުވެރިކޮށް މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ޝާމިލުވާ ތިން މީހެއްގެ މައްޗައް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 13 މާރިޗު 2024 ވަނަ ދުވަހުގައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އިން ތަހުޤީޤު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕޮލިސް ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެފައިވަނީ، މި މައްސަލައިގެ ތަހުޤީޤު މިހާރުވަނީ އެއްކޮށް ފުރިހަމަކޮށްފައި ކަމަށާއި، މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމަށްވެސް ލޫތު ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ. އަދި 16 އަހަރުގެ ކުޑަކުއްޖަކު ވެސް މި މައްސަލައިގައި ހިމެނެއެވެ.

މީގެ އިތުރުން މި ފައިސާތައް ފޭރިގަނެފައިވަނީ ފޯނާއި އެކައުންޓްތަކުގެ ތަފްސީލު އެނގޭ މީހަކު މެދުވެރިކޮށް ފޯނު ކޮމްޕްރޮމައިޒް ކޮށްގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން މިފައިސާ ބޭނުންކޮށްފައިވަނީ ފޯނާއި އިލެކްޓްރޯނިކް ތަކެތި ގަތުމަށާއި ދޫނި އަދި ގަޑިފަދަ ތަކެތި ގަތުމަށް ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ދިރިއުޅުނު ތަންތަން ބަލައިފާސްކުރުމުން މިކަމާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފައިސާތައް ފޭރިގެންފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ނަމާދަށް ދާ ގަޑިތައް ބަލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވްސް އިސްލާމިކް ބޭންކް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު