Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި ބޮޑުވަޒީރު ވެކްސިން ޖެއްސެވުން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ބޮރިސް ވަނީ ވެކްސިން ޖެހުމަށް އާންމުންނަށް ބާރުއަޅުއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މާރިޗު 2021 | ހުކުރު 23:54
ބޮރިސް ޖޯންސަން ވެކްސިން ޖެއްސެވުމަށްފަހު ނިކުންނަވަނީ

ބޮރިސް ޖޯންސަން ވެކްސިން ޖެއްސެވުމަށްފަހު ނިކުންނަވަނީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

ހުކުރު ދުވަހު ބޮޑުވަޒީރު ވެކްސިން ޖެއްސެވިއިރު އާންމުންނަށް ވެކްސިން ޖެހުމަށް ވަނީ ބާރު އަޅުއްވާފައެވެ. އަދި ވެކްސިން ޖެހިއިރު އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވާކަމަށް ބޮރިސް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 56 އަހަރުގެ ބޮރިސް ވެކްސިން މިޖެއްސެވިއިރު މީގެ އަހަރެއްހާ ދުވަސްކުރިން ބޮރިސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެގެން ފަރުވާ ހޯއްދަވާފައެވެ. އެގޮތުން އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުން ބޮރިސް ވަނީ އައިސީޔޫއިން ފަރުވާ ހޯއްދަވާފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮރިސް ވިދާޅުވެފައިވަނީ ކޮވިޑް ޖެހިގެން ހާލަތު ގޯސްވިވަރުން ބޮރިސް އަވަހާރަވެއްޖެނަމަ އެކަން އިއުލާންކުރާނެ ގޮތާ ހިސާބަށް ކަންކަން ރޭވިކަމަށެވެ.

ބޮރިސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލްގައެވެ. ވެކްސިންގެ ތަޖުރިބާ ހިއްސާކުރައްވަމުން ބޮރިސް ވިދާޅުވީ ވެކްސިން ޖެހީ ވަރަށް އޯގާތެރި ނަރުހެއް ކަމުގައިވާ ލިލީކިޔާ ނަރުހެކެވެ. ވެކްސިން ޖެހުމުގެކުރިން ލިލީ ބޮރިސް އަރިހު ޝޮކެއް އިހުސާސްކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް ދެންނެވިކަމަށް ބޮރިސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ތަދެއް އިހުސާސްނުވާކަމަށް ބޮރިސް ވިދާޅުވިއެވެ.

"އެއީ ވަރަށް އަވަސްކަމެއް. އެހެންވީމާ ހުރިހާ އެންމެންނަށްވެސް ވެކްސިން ޖެހުމަށް އިރުޝާދު އައުމުން އެއާ އެއްގޮތަށް އަމަލުކުރުމަށް އެދެން. ކޮވިޑުން ތިމާ އާއި ތިމާގެ އާއިލާ ރައްކާތެރިކުރުމަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ އެއީ." ބޮރިސް ވިދާޅުވިއެވެ.

ބޮރިސް އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޑޯޒް މިޖެއްސެވީ ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރަޒެނިކާ ވެކްސިން ޖެހުން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވަނިކޮށެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުން ވަނީ އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދީގެން ހުކުރު ދުވަހު ރިކޯޑެއް ހަދާފައެވެ. އެގައުމުގެ ބޮޑެތި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގައި މިވަގުތު އެންމެ ހަލުވި މިނުގައި ވެކްސިން ދެމުން އަންނަ ގައުމެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު