Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 32،000 މީހުން ޝަހީދުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 06:27
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޑޭވިޑް ކެމަރަން (ވ)

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޑޭވިޑް ކެމަރަން (ވ)

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ތުހުމަތު ކުރައްވައި ފާޑު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެފެއާޒް ސިލެކްޓް ކޮމިޓީގެ މުގައްރިރު އެލިސިއާ ކެއާންސް އަށް އެޑްރެސް ކުރައްވައި ކެމަރަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޣައްޒާއަށް ފޮނުވޭ އިންސާނީ އެހީ "އިޒްރޭލުގެ ހުއްދަތަކުގެ އިންތިޒާރުގައި އާންމުކޮށް ހިފެހެއްޓުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް" ކަމަށެވެ.

ހޮނިހިރު ދުވަހު ޣައްޒާގެ ދެކުނުގައި އޮންނަ ކަރްމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ކްރޮސިން ބަންދުކުރީ އދ.ގެ އެދުމުގެ މަތިންކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން، ސަސްޕެންޑްކޮށްފައިވާ އިސްރާއީލުގެ ކުރީގެ ތަރުޖަމާނު އައިލޯން ލެވީ ދެއްކެވި ވާހަކަތަކަށް ވެސް އޭނާ ވަނީ ގޮންޖައްސަވައިފަ އެވެ.

ލެވީ ސަސްޕެންޑްކޮށްފައި މިވަނީ އެކްސްގައި ކެމަރަންއާ ދެމެދު އާންމުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ. ޣައްޒާއަށް އިތުރު އެހީގެ ޓްރަކްތައް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިޒްރޭލަށް ފޮރިން ސެކްރެޓަރީ ގޮވާލެއްވި އިރު، އެކަމަށް ރައްދު ދެއްވަމުން ލެވީ ވިދާޅުވީ ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭސް ނުވަތަ ހިޔާވަހިކަމުގެ އާލާތްތައް ވަނުމުގައި އެއްވެސް ހުރަހެއް ނެތްކަން ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ހަގީގަތުގައި އެ ކްރޮސިންތަކުގައި އިތުރު ކެޕޭސިޓީއެއް އެބަހުރި ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާއަށް އެންމެ ފަހުން ހަމަލާދޭން ފެށި ފަހުން އިސްރާއީލުން ވަނީ ވަށާލާފައިވާ އެންކްލޭވްގެ ސަލާމަތީކަންކަން ވަރުގަދަކޮށް ހަރުކަށިކޮށްފައެވެ. އިސްރާއީލްގެ އޮކިއުޕޭޝަން އޮތޯރިޓީން ތުހުމަތު ކުރާ ގޮތުގައި އދ އިން އެހީ ބަހަނީ ހަރުދަނާ ގޮތެއްގައެއް ނޫނެވެ.

އެހެންނަމަވެސް، ކެމެރަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެހީއެތެރެ ކުރުމުގެ މައިގަނޑު ދަތިތަކަކީ އިސްރާއީލުގެ ސަރުކާރުން އާބިޓްރަރީ އިންކާރުކުރުމާއި، ކްލިއަރެންސްގެ ދިގު އިޖުރާއަތްތައް ކަމަށާއި، އޭގެ ތެރޭގައި ދުވާލުގެ ވަގުތުތަކުގައި ގިނަ ސްކްރީނިންތައް ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

ޣައްޒާއަށް އެތެރެވާ އެހީގެ ޓްރަކްތަކުގެ ޢަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެހީ ބެހުމުގެ ކަންކަން ފުޅާކުރުމަށް ބޭނުންވާ އދ.ގެ މުވައްޒަފުންނަށް އިތުރު ވިސާ އިސްރާއީލުން ދޫކުރުމަށް ގޮވާލައްވަމުން، އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީސްއިން ވިސާއަށް އެދި ހުށަހަޅަންޖެހޭ 50 އަށްވުރެ ގިނަ އެޕްލިކޭޝަން ރިޕޯޓްކޮށްފައިވާކަން ވެސް އެސިޓީގައި ފާހަގަކުރެއްވިއެވެ.

އޮކްޓޯބަރ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 32،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާއިނގިރޭސިވިލާތްއިޒްރޭލްފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު