Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުން

އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ލަނޑުދަނޑި 2020 ވަނަ އަހަރު ހާސިލް ކުރެވިފައިވޭ: އެންވަޔަރަންމަންޓް މިނިސްޓަރު

19 މާރިޗު 2021 | ހުކުރު 07:31

2015 އަހަރުން ފެށިގެން މިގޭސް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 މާރިޗު 2021 | ހުކުރު 07:31
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އާންމުކޮށް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ލަނޑުދަނޑި 2020 ވަނަ އަހަރު ހާސިލުކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު މިހެން ވިދާޅުވީ ބައެއް ސްކޫލްތަކުގައި ހުރި އެޗްސީއެފްސީ 22 ގޭސް ބޭނުންކުރާ އޭސީތައް އޯޒޯންފަށަލައަށް ގެއްލުންނުދޭ ރެފްރިޖިރަންޓް ބޭނުންކުރާ އޭސީތަކަށް ބަދަލުކުރުމަށް، އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ބުރާސްފަތި ދުވަހު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ 2010 ގައި ފެށި މި މަސައްކަތުގައި ހިމެނޭ ވަކި ޝެޑިއުލްއެއްގެ ދަށުން މި ގޭސް އެތެރެކުރެވޭ މިންވަރު ލަނޑުދަނޑިއާ އެއްގޮތަށް ދަށް ކުރެވިފައިވާ ކަމަށާއި، 2015 އަހަރުން ފެށިގެން މި ގޭސް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މި މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި މިހާރު ހުރި އެޗްސީއެފްސީ އަޅާ އޭސީތައް މަދު ކުރުމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއެކު ސޮއިކުރެވުނު ފަހުމުނާމާއަށް އަލިއަޅުވާލައި މިނިސްޓަރު ވިދާޅުވީ މި ފަހުމުނާމާގެ ދަށުން އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އޭސީތަކެއް ސުކޫލްތަކުގައި އެޅުވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިފަހުމުނާމާއަކީ މި ކުޑަކުޑަ ރާއްޖެއިން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މޮންޓްރިއޯލް ޕްރޮޓޮކޯލް އެއްބަސް ވުމުގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސަތުން، ދުނިޔެއަށް ދައްކާ ރަނގަޅު ނަމޫނާއެއް ކަމަށެވެ. އަދި އަންނާންއޮތް ޖީލުތަކަށް ނަގައިދެވޭ އަގުހުރި ފިލާވަޅެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖައްވު ހޫނުވުމަށް މެދުވެރިކުރާ މާއްދާއެއްކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ)، ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އެޗްއެފްސީ އަކީ ކާރބޮންޑައިއޮކްސައިޑަށްވުރެ ތިންހާސް ހަތްސަތޭކަ ނުވަދިހަ ގުނަ އިތުރަށް މޫސުމަށް އޭގެ ނުރައްކާ ބޮޑު މާއްދާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެޗްއެފްސީ ޖައްވަށް ބޭރުވާމިންވަރު އަހަރަކު 10 – 15 އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި މާއްދާ އަކީ ޖައްވުގައި 29 އަހަރު ހަރުލާފައި ހުންނަ މާއްދާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރާސާތަކުން ދައްކާގޮތުން، މޮންޓްރިއޯލް ޕްރޮޓޮކޯލްއާ އެއްގޮތަށް އަޅުގަނޑުމެން އަމަލުކޮށްފިނަމަ، 2100 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެ ހޫނުވާ މިންވަރު 0.5 ޑިގްރީ ސެލްސިއަސްއަށް ދަށްކުރެވިދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ޕެރިސް އެގްރިމެންޓްގައި ބުނާ ޕްރީ-އިންޑަސްޓްރިއަލް ލެވެލްއާ އަޅާބަލާއިރު 2 ޑިގްރީ ސެލްސިއަސް ދަށުގައި ދުނިޔޭގެ ފިނި ހޫނުމިން ބެހެއްޓުމަށް މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ދަށުން މިކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޮންޓްރިއޯލް ޕްރޮޓޮކޯލް އަކީ މިހާތަނަށް ގައުމުތަކުން ސޮއި ކުރި އެންމެ ކާމިޔާބު އެއްބަސްވުން ކަމަށާއި، ޒަމާނާއެކު އައު ކަންކަން ދަސްވަމުން ދިޔަވަރަކަށް މި އެއްބަސްވުމަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަމުން ގެންދާނެ ކަމަށެވެ. އަދި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓާލުމަށް ހަލުވި ފިޔަވަޅުތަކެއް މޮންޓްރިއޯލް ޕްރޮޓޮކޯލްގެ ސަބަބުން އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފަހުމުނާމާއާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިމަޝްރޫއުގެ ދަށުން ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗްސީއެފްސީ 22 ގޭސް އެކުލެވޭ އޭސީތައް ތިމާވެއްޓާ ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު 90 ސްކޫލެއްގައި އާރު22 ގޭސް ބޭނުންކުރާ 486 އޭސީހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ ބާކީ ހުރި އާރު22 ގޭސް ބޭނުންކުރާ އޭސީތައް ވެސް ތިމާވެއްޓާ ރައްޓެހި މާއްދާތައް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރެވި ރާއްޖޭގެ ސްކޫލުތަކަކީ އާރު22 ގޭސް ބޭނުންކުރާ އޭސީ ނެތް، ތިމާވެއްޓާއި ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އޭސީތައް ހުރި ސްކޫލުތަކަކަށް ވެގެން ދިއުން ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ތިމާވެށިއެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް